އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ފަޚްރުވެރި ކާމިޔާބީތަކެއް ހޯދައިފިއެވެ.
ޓީމް އިވެންޓްތަކުން ގްރޭޑް 11،12 ގެ އަންހެން ޗެންޕިއަންކަމާއ، ގްރޭޑް 7 ،8 ގެ އަންހެން ޗެންޕިއަންކަން އަޙްމަދިއްޔާއިން ވަނީ ހޯދާފައެވެ. މީގެ އިތުރުން، 11 ،12 ގެ ފިރިހެން ރަނަރަޕް ކަމާއި، ގްރޭޑް 7 ،8 ގެ ފިރިހެން ކުދިންގެ ބައިން އަޙްމަދިއްޔާ ވަނީ ތިންވަނަ ހޯދާފައެވެ.

އަޙްމަދިއްޔާގެ ދަރިވަރުން ވަނީ ޓީމް އިވެންޓްތަކުގެ އިތުރުން ސިންގަލްސް އަދި ޑަބަލްސް އިވެންޓުތަކުން ވެސް ގިނަ މެޑަލްތަކެއް ހޯދާފައެވެ. އެގޮތުން، ގްރޭޑް 5، 6 ގެ އޯޕަންސް އިވެންޓް އަންހެން ކުދިންގެ ސިންގަލްސް ބައިގެ 3 ވަނަ އަޙްމަދިއްޔާގެ ރޮމާނާ އަދި ޖީލާން ހޯދިއިރު، މި ދެ ދަރިވަރުންގެ ޕެއަރ ވަނީ މި އުމުރުފުރައިގެ ޑަބަލްސްގެ ރަނަރަޕްކަން ހޯދާފައެވެ. އޯޕަންސް އިވެންޓުގެ ގްރޭޑް 7،8 ގެ ބައިން އަޙްމަދިއްޔާގެ ހަނާން ތިންވަނަ ހޯދާފައިވާއިރު، ގްރޭޑް 11،12 ގެ ފިރިހެން ކުދިންގެ ބައިން އަޙްމަދިއްޔާގެ އިޖުލާލަށް ތިން ވަނަ، އަދި މި އުމުރުފުރައިގެ އަންހެންކުދިންގެ ބައިން އަޙްމަދިއްޔާގެ އީމާން ވަނީ ތިންވަނަ ހޯދާފައެވެ. މި އުމުރުފުރާގެ އަންހެން ޑަބަލްސްގެ ތިންވަނަ ހޯދީ އަޙްމަދިއްޔާގެ އީމާން އަދި އިޝާދާގެ ޕެއަރއެވެ.

އޯޕަންސް އިވެންޓް މިކްސް ޑަބަލްސްގެ ގްރޭޑް 11،12 ގެ ޗެންޕިއަންކަން ހޯދީ އަޙްމަދިއްޔާގެ އީމާން އަދި ޒަޔާންގެ ޕެއަރއެވެ.
މި ހުރިހާ ދަރިވަރުންނަށް ވެސް ޓީމް އަޙްމަދިއްޔާގެ ނަމުގައި ތަޙުނިޔާކިޔަމެވެ. އަދި އަޙްމަދިއްޔާގެ ނަން ރަންއަކުރުން ފަވާލަދިނީތީ ކޯޗާއި ދަރިވަރުންނަށް ނިހާޔަތަށް ޝުކުރުދަންނަވަމެވެ.