މަތީ ސާނަވީ ހިޔާޢީދުގެ އެއްވަނަ ޗާނދަނީ ހައުސްއަށް! އަދަބީ ތަރިއަކަށް ޝާހާ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ އީދު "ހިޔާޢީދު"ގެ އެއްވަނަ ޗާނދަނީ ހައުސް އިން ހޯދިއިރު، އެ އީދުގެ އަދަބީ ތަރިއަކަށް ކާމިނީ ހައުސްގެ ފާތިމަތު ޝާހާ ހުސައިން ހޮވިއްޖެއެވެ.

މަތީ ސާނަވީ ހިޔާ ޢީދުގެ އަދަބީ ތަރީ: ޝާހާ ޙުސައިން

ހިޔާއީދުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނާއި ހައުސްތަކަށް އިނާމް ދެއްވީ ގައުމީ ދުވަސް ފާހަގަކުރުމަށް ގްރޭޑް 12 ގެ ދަރިވަރުންނަށް މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީގައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

ހިޔާއީދުގެ މަޒުމޫނު ލިޔުމުން ތިންވަނަ ހުވަނދުމާ ހައުސް ހޯދިއިރު، ދެވަނަ ހޯދީ ޗާންދަނީ ހައުސްއެވެ. އެއްވަނައަށް ދިޔައީ ޖަނަވަރީ ހައުސް އާއި ކާމިނީ ހައުސްއެވެ. ތިންވަނައަށް ހޮވުނު ދަރިވަރަކީ ކާމިނީ ހައުސްގެ ދަރިވަރު ޝާހާ މުޖުތަބާ 12ބީ އެވެ. މަޒުމޫނު ލިޔުމުން ދެވަނައަށް ދެ ދަރިވަރަކު ހޮވުނެވެ. އެއީ ހުވަނދުމާ ހައުސްގެ ލަޔާން މުޙައްމަދު ރަޝީދު 11އެޗް އަދި ޗާނދަނީ ހައުސްގެ އާދަމް ނާޢިޝް ނަސީމް 11އެލް އެވެ.

އެއްވަނައަށް ދިޔައީ ކާމިނީ ހައުސްގެ މަރިޔަމް ލައިސާ ޙުސައިން ޙަމީދު 12ސީ އެވެ.

ރިޕޯޓު ލިޔުމުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. ދެވަނަ ހުވަނދުމާ ހައުސް ހޯދިއިރު، ތިންވަނަ އަށް ދިޔައީ ޖަނަވަރީ ހައުސްއާއި ޗާނދަނީ ހައުސްއެވެ.

އެންމެ މޮޅު ރިޕޯޓަކަށް ހޮވިފައި ވަނީ ޗާންދަނީ ހައުސްގެ މަރިޔަމް ރީމާ އަމްޖަދު 12ސީ ލިޔުނު ރިޕޯޓެވެ. ދެވަނައަށް ދެ ދަރިވަރަކު ހޮވުނެވެ. އެއީ ކާމިނީ ހައުސްގެ ފާތިމަތު ޝާހާ ހުސައިން 12ސީ އާއި ހަމަ އެ ހައުސްގެ އެ ކުލާހުގެ ދަރިވަރެއް ކަމަށްވާ މަރިޔަމް ލަހުފާއެވެ. ތިންވަނައަށް ދިޔައީ ހުވަނދުމާ ހައުސްގެ އާމިނަތު އީމާ ޝާހިދު 12ޑީ އެވެ.

ދަތުރުނާމާ ލިޔުމުން އެއްވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ. ކާމިނީހައުސްއަށް ދެވަނަ ލިބުނު އިރު، ތިންވަނައަށް ދިޔައީ ޖަނަވަރީ ހައުސްއެވެ. އެއްވަނަ

ދަރިވަރަކީ ކާމިނީ ހައުސްގެ ޢާއިޝަތު ޒަހާ ޚަލީލް 12ޑީ އެވެ. ދެވަނައަށް ދިޔައީ ހުވަނދުމާ ހައުސްގެ އިބްރާހީމް ޠާހާ 12އީ އެވެ. ތިންވަނައަށް ދެ ދަރިވަރަކު ހޮވުނެވެ. އެއީ ހުވަނދުމާ ހައުސްގެ ޢާއިޝަތު ޝިއުރާ އަޙްމަދު 12ޖޭ އާއި ހަމަ އެ ހައުސްގެ ޔޫސުފް ނާއިލް 12އީއެވެ.

ބައޮގްރަފީ ހުށަހެޅުމުން އެއްވަނަ ހައުސްއަކަށް ހޮވުނީ ޗާނދަނީ ހައުސްއެވެ. ކާމިނީ ހައުސް ދެވަނަ ހޯދިއިރު، ތިންވަނަ ހޯދާފައި ވަނީ ޖަނަވަރީ ހައުސްއެވެ.

އެއްވަނަ ދަރިވަރަކަށް ހޮވުނީ ޗާނދަނީ ހައުސްގެ އާމިނަތު ޔުނާލް ޙުސައިން 12އޭ އެވެ. ދެވަނަ ދަރިވަރަކަށް ހޮވުނީ ކާމިނީ ހައުސްގެ ޝާހާ މުޖުތަބާ 12ބީ އެވެ. ތިންވަނ ހޯދީ ޖަނަވަރީ ހައުސްގެ ޢާއިޝަތު ޔާސްމީން 11ބީ އެވެ.

ރައިވަރުކިޔުމުން އެއްވަނަ ހައުސް އަކީ ޗާނދަނީ ހައުސްއެވެ. ދެވަނަ ހުވަނދުމާއެވެ. ތިންވަނަ ލިބުނީ ޖަނަވަރީ ހައުސްއަށެވެ.

އެއްވަނަ ދަރިވަރަކީ ޗާނދަނީ ހައުސްގެ އާމިނަތު ނަޖުލާ ހުސައިން 12ޑީއެވެ. ދެވަނައަށް ދިޔައީ ހުވަނދުމާ ހައުސްގެ ޔޫސުފް ނާއިލް 12އީއެވެ. ތިންވަނައަށް ދިޔައީ ޖަނަވަރީ ހައުސްގެ ފާތިމަތު އިހާމް ހުސައިން 12އޭ އެވެ.

ބަޚަބަރު ކިޔުމުން އެއްވަނަ ޖަނަވަރީ، ދެވަނަ ޗާނދަނީ އަދި ތިންވަނަ ހުވަނދުމާ ހައުސްއެވެ.

އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޖަނަވަރީ ހައުސްގެ ޔަމީން ޢަލީ ނޫރު 12އީ އެވެ. ދެވަނަ ޗާނދަނީ ހައުސްގެ މުޙައްމަދު ސާއީ މުބާރަކް 12ކޭ ހޯދިއިރު، ތިންވަނައަށް ހޮވިފައިވަނީ ޖަނަވަރީ ހައުސްގެ މާޙިލް މުޙައްމަދު ލުޠުފީ 11އީ އާއި ހުވަނދުމާ ހައުސްގެ މުޙައްމަދު ޝައިޚާން 11ޖީއެވެ.

ބަހުސްކުރުމުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. ދެވަނަ ޖަނަވަރީ ހައުސްއެވެ. ތިންވަނައަށް ހޮވުނީ ޗާނދަނީ ހައުސްއެވެ.

އެއްވަނަ ކާމިނީ ހައުސްގެ ފާތިމަތު ޝާހާ ހުސައިން 12ސީ ހޯދިއިރު، ދެވަނަ ހޯދީ ހަމަ އެ ހައުސްގެ ޢާއިޝަތު ޙަމްޔާ އިސްމާޢީލް 11އެފްއެވެ. ތިންވަނައަށް ދިޔައީ ކާމިނީ ހައުސްގެ ޖަޒްލާން އިސްމާޢީލް 12ކޭ އެވެ.

ޑްރާމާއިން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. ދެވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ. ޖަނަވަރީ އާއި ޗާނދަނީ ދިޔައީ ތިންވަނަ އަށެވެ.

އެންމެ މޮޅު މުމައްސިލަކަށް (ބަޠަލަކަށް) ހޮވިފައި ވަނީ ކާމިނީ ހައުސްގެ ޢަލީ އަރުޙަމް ޔޫސުފް 11 އެލްއެވެ.

އެންމެ މޮޅު މުމައްސިލާ (ބަޠަލާ) އަކަށް ހޮވިފައިވަނީ 12ޖޭގެ ޢާއިޝަތު ޒުހާ ޝާހެވެ.

ނޫސްލިޔުމުން އެއްވަނަ ހޯދީ ޗާނދަނީ ހައުސްއެވެ. ދެވަނައަށް ދިޔައީ ހުވަނދުމާ ހައުސްއެވެ. އަދި ތިންވަނައަށް ދިޔައީ ޖަނަވަރީ ހައުސްއެވެ.

މަތީ ސާނަވީ ހިޔާ ޢީދު 2022  އެއްވަނައަށް ޗާންދަނީ ހައުސް

ވަރަށް ވާދަވެރިކޮށް ދިޔަ މި ޢީދުން މުޅި މުބާރާތުން 27 ޕޮއިންޓާ އެކު އެއްވަނައަށް ޗާނދަނީ ހައުސް ދިޔައީ ދެވަނައަށް ދިޔަ ކާމިނީ ހައުސްއަށް ވުރެ އެންމެ ޕޮއިންޓެއް މަތިވެގެންނެވެ. ޖުމްލަ 24 ޕޮއިންޓާ އެކު މުޅި އީދުން ތިންވަނައަށް ދިޔައީ ހުވަނދުމާ ހައުސްއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *