ބުރާސްފަތި, 17 އޭޕްރިލް 2025

އަޙްމަދިއްޔާގެ ޕްރީ އަދި ޕްރައިމަރީ ދަރިވަރުން ޤައުމީދުވަސް ފާހަގަކޮށްފި

ރާއްޖޭގެ ޤައުމީދުވަސް އަޙްމަދިއްޔާގެ ޕްރީ އަދި ޕްރައިމަރީގެ ދަރިވަރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މެންދުރުން ފެށިގެން އިރުއޮއްސެންދެން ތަފާތު ޙަރަކާތް ތަކެއްވަނީ ބާއްވާފައެވެ. މިއަދުގެ މެންދުރު 12:00 ގައި ގްރޭޑް 4، 5، އަދި 6ގެ ދަރިވަރުން ވަނީ ދުވަހާ ގުޅޭގޮތުން ތަފާތު ހަރަކާތްތަކެއް ބާއްވާފައެވެ.

ދުވަހާގުޅޭގޮތުން ބޭއްވުނު ހަފްލާގެ ޝަރަފުވެރި މެހެމާނަކީ އަލްފާޟިލް މުޙައްމަދު އާދަމް ސަލީމެވެ. ޤައުމީ ދުވަހާގުޅޭގޮތުން ޝަރަފުވެރި މެހެމާނު ދަރިވަރުންނަށް ވަރަށް އަގުހުރި ވާހަކަ ކޮޅެއް ދެއްކެވިއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަ ކޮޅުގައި އަލިއަޅުވާ ލައްވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށެވެ.

މީގެއިތުރުން ގްރޭޑް 4 އަދި 5 ގެ ދަރިވަރުން ދުވަހާގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުން އޮތެވެ. މިއަދުގެ ހަފްލާގައި އެތައް ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެތެރެއިން އެއް ހަރަކާތަކީ ގްރޭޑް 3ގެ ދަރިވަރުން ތައްޔާރުކޮށްފައިވާ ދުވަހާ ގުޅޭ ޅެމެކެވެ.

ގްރޭޑް 5، އަދި 6 ގެ ދަރިވަރުންވަނީ ދުވަހާ ގުޅޭގޮތުން ޑްރާމާއެއް ހުށަހަޅައިދީފައެވެ. މި ގްރޭޑްތަކުގެ ދަރިވަރުންގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 5، އަދި 6 ގެ އަންހެން ދަރިވަރުންގެ މާފަތި ނެށުމެކެވެ.

ޤައުމީދުވަހާ ގުޅޭގޮތުން ގްރޭޑް 1، 2، 3 އަދި ޕްރީ ސްކޫލްގެ ދަރިވަރުން ވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ދުވަހާ ގުޅޭ ޕޯސްޓަރާއި ޤައުމީ ދިދަ ހިފައިގެން ދަރިވަރުންވަނީ މަގުމަތީގައި ހިނގާލުމެއް ބާއްވާފައެވެ.

މީގެއިތުރުން ޕްރީ ސްކޫލް ދަރިވަރުންގެ ނެށުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދުވަހާއި ގުޅޭގޮތުން ސްކޫލްގެ ގޯތިތެރޭގައިވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ. އެގޮތުން ޤައުމީ ދުވަސް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ ބެނާތަކާއި ރަސްރަސްކަލުން އިށީނދެ ވަޑައިގަންނަވާ ތަޚުތުކޮޅަކާއި އަދި ހަތްކޮޅެއްވަނީ ބެހެއްޓިފައެވެ. މީގެ އިތުރުން މުޅި ސްކޫލްވަނީ ޤައުމީ ދިދަތަކުން ޒީނަތްތެރިކުރެވިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *