އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްފިއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ މެންދުރު ގްރޭޑް 12 ގެ ދަރިވަރުންނަށް ބޭއްވި ޚާއްޞަ އެސެމްބްލީގައި ވަނަވަނައަށް ދިޔަ ކުދިންނާ ޓްރޮފީ ޙަވާލުކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ވޭތުވެދިޔަ 1443 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވި މި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނައަށް ދިޔައީ ގްރޭޑް 12ކޭގެ ދަރިވަރު މުޙައްމަދު ސާއީ މުބާރަކް އެވެ. މިބައިން ދެވަނަ ހޯދީ 11އެލްގެ ދަރިވަރު މުޙައްމަދު ވިއާމް ލަޠީފެވެ.
ތިންވަނައަށް ދިޔައީ 11ސީގެ މަރިޔަމް މިޝްކާ މުޙައްމަދެވެ.
ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ހޯދީ 12ސީގެ ފާތިމަތު ޝާހާ ހުސައިނެވެ.
ދެވަނައަށް ދިޔައީ 11ސީގެ އައިމިނަތު އައިފާއެވެ.
ތިންވަނައަށް ހޮވުނު ދަރިވަރަކީ 12ސީގެ މަރިޔަމް މައިސަމް ސައީދެވެ.