އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 10 ސީ ގެ ޝުޢާޢު އިސްމާޢީލް ޝާން ހޮވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު 12:00 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.
ޝުޢާއު ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 5 ދަރިވަރުންނާއި ވާދަކޮށް 60 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަންކަމަށް ހޮވުނީ، 10ޑީގެ މުޙައްމަދު ޖޫދު ޢަބްދުﷲ އާއި 10 އޭގެ މަރިޔަމް އަންޖަލް އިބްރާހީމެވެ. މުޙައްމަދު ޖޫދަށް ލިބުނީ 54 އިންސައްތައެވެ.
މަރިޔަމް އަންޖަލް އަށް ލިބުނީ، 44.7 އިންސައްތައެވެ. ކެޕްޓަންކަމަށް ކުރިމަތި ލި އެހެން ދަރިވަރުންނަށް ޕޮއިންޓް ލިބުނު ގޮތަކީ، 10އެފްގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސަށް 47.6 ޕޮއިންޓް، 10އޭގެ އަޝާ އަހުމަދު ރިޒާ އަށް 41.4 ޕޮއިންޓް، ގްރޭޑް 10ބީގެ މަރިޔަމް މަންހާ ޙަމީދަށް 41.4 ޕޮއިންޓެވެ
ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ކާމިޔާބީ ތަކަށް 20 އިންސައްތަ، އިންޓަވިޔު އަށް 20 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 30 އިންސައްތަ އެވެ.