މަތީ ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2022 ވަނަ އަހަރު މަތީ ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ރޭ 8:30 ގައި ބާއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ޕްރިންސިޕަލްގެ އެދިވަޑައިގަތުމަކީ، ހަމަ ކޮންމެ ކުއްޖަކީވެސް، މަތީ ތަޢުލީމަށް ވާސިލުވާ ކުއްޖެއްކަމުގައި ވުންކަމުގައެވެ.

ގްރޭޑް 12 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައި ޕްރިންސިޕަލް ވާހަކަފުޅު ދައްކަވަނީ. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

" ކޮންމެ ކުއްޖަކީ، އެކުއްޖަކު ޝައުޤުވެރިވާ ދާއިރާ އަކުން، މަތީ ތަޢްލީމް ހާޞިލް ކޮށް މިޤައުމަށް ޚިދުމަތްކުރާ ކުއްޖަކަށް ވެގެން ދިއުން. ޚާއްސަކޮށް، ތިޔައިން ކޮންމެ ކުއްޖަކީ، މިޤައުމުގައި، އެފަދަ ޝަރަފުވެރި މަޤާމެއްގައި، މާދަމާ ޚިދުމަތް ކުރާނޭ ކުއްޖަކަށް ވާންވެސް އެދޭތީ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ތިޔަ ކުދިންނަކީ، ކިހާ އަޚުލާޤު ރަނގަޅު، ކިހާ ތޫނުފިލި، ކިހާ ކިޔެވުމަށް ރަނގަޅު، ކިހާ ޑެޑިކޭޓެޑް، ކުދިންކަން، އެންމެ ރަނގަޅަށް ވަޒަން ކުރެވޭނެ އެއް ފަރާތަކީ، މި ސްކޫލު ކަމާއި މި ފުރާޅުގެ ދަށުން، ތިޔަ ނިކުންނަނީ، އެފަދަ މޮޅު ކުދިންނަށް ވީތީ، އަޙުމަދިއްޔާ އަބަދުވެސް އެދޭނީ، ތިކުދިންގެ މުސްތަޤުބަލަކީ، ގައުމަށްފަހި، ކުދިންނަށް ވެސް ފަހި، މުސްތަޤުބަލަކަށްވުން ކަމުގައެވެ.

ގްރޭޑް 12 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 11، އަދި 12 އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 2022 ވަނަ އަހަރު މަތީ ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ މިސްކޫލުން ތަޢުލީމް ޙާޞިލް ކުރެއްވި ދަރިވަރުންނެވެ.

ގްރޭޑް 12އޭ ގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖަރީގެ މެޑިކަލް އޮފިސަރ ޑރ. ޝަހުބާން ރަޝީދު އަޙްމަދެވެ.

ގްރޭޑް 12ބީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ދ. ރިބުދޫ ކައުންސިލް ގެ ރައީސް އަލްފާޟިލް އަހްމަދު އިޤްބާލެވެ.

ގްރޭޑް 12ސީ ގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ މިނިސްޓްރީ އޮފް ފިނޭންސް ގެ ޗީފް އޮޑިޓް އެކްޒެކެޓިވް އަލްފާޟިލާ ފާޠިމަތު ޞަލާޙާއެވެ.

ގްރޭޑް 12ޑީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އެންވަޔަރަންމަނަޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ނަޢީމެވެ.

ގްރޭޑް 12އީއެފްޖީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖަރީގެ މެޑިކަލް އޮފިސަރ ޑރ. ޝަހުބާން ރަޝީދު އަޙްމަދެވެ.

ގްރޭޑް 12އެޗް ގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ މިނިސްޓްރީ އޮފް ފިނޭންސް ގެ ޗީފް އޮޑިޓް އެކްޒެކެޓިވް އަލްފާޟިލާ ފާޠިމަތު ޞަލާޙާއެވެ.

ގްރޭޑް 12 ޖޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ މީރާގެ ސީނިއަރ ޓެކްސް އޮފިސަރ އިންޓެލިޖެންސް އެންޑް ރިވިއު އަލްފާޟިލާ ފާޠިމަތު ޝިފާއެވެ.

ގްރޭޑް 12ކޭ، އެލްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އެންވަޔަރަންމަނަޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ނަޢީމެވެ.

މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

ގްރޭޑް 12 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 12ސީގެ މަރިޔަމް އަޙްމަދެވެ.

ގްރޭޑް 12 ން 2 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 12ސީގެ ޝިނާ އަޝްރަފެވެ. ގްރޭޑް 12 ން 3 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 12ޖޭގެ އަހްލާ ޢަލީ އެވެ.

ގްރޭޑް 12 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައި ސާނަވީ ދަރިވަރުންގެ އައިޓަމް.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މިޙަފްލާގައި ގްރޭޑް ސާނަވީ އާއި މަތީ ސާނަވީ ދަރިވަރުންގެ އައިޓަމް ހުށަހެޅުން އޮތެވެ.

ގްރޭޑް 12 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައި މަތީ ސާނަވީ ދަރިވަރުންގެ އައިޓަމް.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދަސްވެނިވި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ، ސްކޫލް ކެޕްޓަން 12 ޖޭގެ ޢައިޝަތު ޒުހާ ޝާހް އެވެ. ޙަފްލާ ނިމުނީ ސްކޫލް ލަވައިންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *