އަޙްމަދިއްޔާގެ ދަރިވަރުން ތާޖް ކޮރަލް ރިސޯޓަށް

އަޙްމަދިއްޔާ އިންޓްނޭޝަނަލް ސްކޫލްގެ ބައެއް ދަރިވަރުން ތާޖް ކޮރަލް ރީފް އެންޑް ސްޕާ ރިސޯޓަށް އިއްޔެ ދަތުރެއް ކޮށްފިއެވެ. މިދަތުރުގައި ބައިވެރިވީ އަޙްމަދިއްޔާގެ ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވަމުންދާ ގްރޭޑް 10 ގެ 12 ދަރިވަރުންނެވެ.

މިދަތުރުގައި ބައިވެރިވެ ވަޑައިގެންނެވި އަޙްމަދިއްޔާގެ ސީނިއަރ ލީޑިންގ ޓީޗަރ ނުސްރަތުﷲ ނަޞީރު ވިދާޅުވީ މި ދަތުރުގައި ފަންކްޝަނަލް ޑިޕާޓްމެންޓް ތަކުގެ މަސައްކަތްތައް ހިނގާގޮތް ދަރިވަރުންނަށް ކިޔައިދީ މަސައްކަތް ހިނގާ ވަގުތު ދަރިވަރުންނަށް އެމަސައްކަތް ދައްކާލިކަމަށެވެ.

" ހޮޓެލް އިންޑަސްޓްރީގައި ކަންތައްތައް ކުރެވެމުންދަނީ ކޮން ގޮތަކަށްކަމާއި ކޮވިޑްގެ ދުވަސްވަރުގައި ޓޫރިޒަމް އިތުރަށް ރަނގަޅު ކުރަން އެމީހުންގެ ކުންފުނިން ކޮށްފައިހުރި މަސައްކަތްތަކަށް އަލިއަޅުވާލި. އެ ދަރިވަރުން ހަދަމުންދާ އިމްތިހާނަށް ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު ލިބިގެންދިޔަ" ނުސްރަތުﷲ ވިދާޅުވިއެވެ.

ނުސްރަތުﷲ އިތުރަށް ވިދާޅުވީ، ކިޔަވާ ނިމުން ދަރިވަރުންނަށް އެކޮޅުން ލިބެންހުރި އިންޓާންޝިޕްގެ މަޢުލޫމާތު ދިންކަމަށާއި އަދި ދަރިވަރުންނަށް ހުރި ފުރުޞަތުތަކުގެ ވާހަކަ ދެއްކި ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *