ގްރޭޑް 10 ގެ ފުރަތަމަ ޓާމް އިމްތިހާން މާދަމާ ފަށަނީ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ގެ ފުރަތަމަ ޓާމް އިމްތިހާން 13 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހު (މާދަމާ) ފެށޭނެއެވެ. މާދަމާ ހެނދުނު 8:00 ގައި އެންމެ ފުރަތަމަ އޮންނާނީ އިސްލާމް ކަރުދާސް 1 އެވެ. 10:30 ގައި އޮންނާނީ އިސްލާމް ކަރުދާސް 2 އެވެ. މި އިމްތިހާން 26 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. އެންމެ ފަހުން އޮންނާނީ އެކައުންޓިން އެވެ.

ދަރިވަރުންނަށް ޖަވާބު ކަރުދާސްތައް ދެއްކުން ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަހެވެ.

ގްރޭޑް 9،8،7 ގެ ދަރިވަރުންގެ ފުރަތަމަ ޓާމް އިމްތިހާން ފެށޭނީ، މި ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ގްރޭޑް 9 ގެ ދަރިވަރުންގެ އިމްތިހާން ނިމޭނީ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. ގްރޭޑް 8 ގެ ދަރިވަރުންގެ އިމްތިހާން ނިމޭނީ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. ގްރޭޑް 7 ގެ ދަރިވަރުންގެ އިމްތިހާން ނިމޭނީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ގްރޭޑް 9،8،7 ގެ ދަރިވަރުންގެ ޖަވާބު ކަރުދާސް ދެއްކުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *