ކަބު ކުދިންގެ ކޭމްޕް ބާއްވައިފި!

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކަބްސްކައުޓް ދަރިވަރުންނަށް "ބާލޫ" ކޭމްޕްބާއްވައިފިއެވެ. މި ކޭމްޕް އޮތީ ކ. ފަރުކޮޅު ފުށީގައެވެ. މި ކޭމްޕްގައި ބައިވެރިވެފައިވަނީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5، އަދި 6ގެ ދަރިވަރުންނަށެވެ. މި ކޭމްޕްގެ މަޤުޞަދަކީ ދަރިވަރުން ފުރިހަމަކުރަން ޖެހޭ ޓާސްކުތަކެއް ފުރިހަމަކުރުމާއެކު، ބްރައުންޒު، ސިލްވަރ، އަދި ގޯލްޑް ބެޖު ހޯދުމަށް މަސައްކަތް ކޮށްދިނުމެވެ. މީގެއިތުރުން ދަރިވަރުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމެވެ.

މި ކޭމްޕް ބޭއްވުނީ މިމަހުގެ 25ން 26 ށެވެ. މި ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އައިޝަތު ޝީތާއާއި އެސިސްޓެންޓް ޕްރިންސިޕަލް އަޒޫ އާންޓީ ވެސް ބައިވެރިވިއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އައިޝަތު ޝީތާގެ ވާހަކަފުޅު ދެއްކެވުން އޮތެވެ. މީގެއިތުރުން އަލަށް ކަބްސްކައުޓްގައި ބައިވެރިވި ދެ ދަރިވަރަކަށް ސްކާފް ހަވާލުކުރުން އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އައިޝަތު ޝީތާއެވެ.

މި ކޭމްޕްގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވިއެވެ. އެގޮތުން ސްކައުޓް އެސޯޝިއޭޝަންގެ ބޭފުޅުންނާއި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުން ވެސް ވަނީ މި ކޭމްޕްގައި ބައިވެރިވެފައެވެ. މި ކޭމްޕަކީ މި ޓާމްގައި ބޭއްވުނު ދެ ވަނަ ކޭމްޕެވެ. މިފަދަ ކޭމްޕްތައް ބޭއްވުމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން އެތައް ގިނަ ކަންތައްތަކެއް ދަސްވެގެންދެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *