ބުރާސްފަތި, 17 އޭޕްރިލް 2025

އެތުލެޓިކްސް މުބާރާތް ބާއްވައިފި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ގްރޭޑް 3 އަދި  6 ގެ ދަރިވަރުންނަށް އެތުލެޓިކްސް މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތް ބޭއްވީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މެންދުރުފަހު 1.30 ން ހަވީރު 5.30 އަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މި މުބާރާތުގައި ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ. ތަފާތު ކުޅިވަރުތައް ހިމެނޭ މި މުބާރާތުގައި 100 މީޓަރު ދުވުމުން ފެށިގެން 400 މީޓަރު ދުވުން ވެސް އޮތެވެ. އެކިއެކި ކެޓަގަރީ ތަކުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިގެން ވަނީ ބާއްވާފައެވެ.

މީގެއިތުރުން ލޯންގް ޖަމްޕާއި، ސްޓޭންޑް ޖަންޕްގެ އިތުރުން ބެޓްންރިލޭ ވެސް ކުރިއަށް ގެންދިޔައެވެ. ވަރަށް ފޯރިއާއި ވާދަވެރިކަމުގައި މި މުބާރަތް ނިމިގެން ދިޔައީ ކްލާސްތަކުގެ މެދުގައި ބޭއްވުނު އެންމެ ބޮޑު ކުޅިވަރު ޢީދެއް ގޮތުގައެވެ. އެގޮތުން އެކި ކްލާސްތަކަށް އެކިއެކި ކުލަތައް ދީފައިވާއިރު ދަރިވަރުން ވަރަށް ވާދައިގެ ރޫހެއްގައި ކުޅިވަރުތަކުގައި ބައިވެރިވެ އެއްބަޔަކު އަނެއްބަޔަކަށް ސަޕޯޓްކުރުމުގައި ވެސް  ވަރަށް ރީތި ނަމޫނާ ދެއްކިއެވެ. މީގެއިތުރުން ދަރިވަރުންގެ ހުރިހާ ކުޅިވަރުތަކެއް ނިމުމުން ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައިވަނީ ބެޓްންރިލޭ ބާއްވާފައެވެ.

މިފަދަ ކުޅިވަރުތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އޮންނަ އެކުވެރިކަމާއި، އެކަކު އަނެކަކަށް އޮންނަ ލޯބި ހާމަކޮށްދެއެވެ. މީގެއިތުރުން ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުވެގެން ދެއެވެ. މި މުބުރާތް އިންތިޒާމުކޮށް ހިންގުމުގައި ސްކޫލްގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ. މި މުބާރާތް ފަށްޓަވައިދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޢައިޝަތު ޝީތާއެވެ. މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *