އަޙްމަދިއްޔާ އިންޓްނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ހައުސްތަކުގެ ކެޕްޓަނުންނަށް މަލްހާ، ތުހުފާ، ޔުމްނު، އަދި ޒައިނަބު ހޮވައިފިއެވެ.
އަޙްމަދިއްޔާ މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލް ގެ އެކިއެކި މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކުރީ އަންގާރަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.
ޗާންދަނީ ހައުސްގެ ކެޕްޓަން ކަމަށް 5 ދަރިވަރުން ވާދަކުރިއެވެ. އޭގެ ތެރެއިން ކެޕްޓަން ކަމަށް ހޮވުނީ ޢައިޝަތު މަލްހާ މޫސާ އެވެ. އޭނާއަށް ލިބުނީ 41.9 ޕޮއިންޓެވެ. ހުވަނދުމާ ހައުސް ގެ ކެޕްޓަން ކަމުގެ މަގާމަށް 5 ދަރިވަރުން ކުރިމަތިލިއިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، ޔުމްނު ޔަމަން ޢަލީ އެވެ. ޔުމްނުއަށް ލިބުނީ 52.5 އިންސައްތައެވެ. ޖަނަވަރީ ހައުސްގެ ކެޕަޓަން ކަމަށް ކުރިމަތިލީ 6 ދަރިވަރުންނެވެ. 51 ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ ތުހުފާ މުޙައްމަދެވެ. ކާމިނީ ހައުސްގެ ކެޕްޓަން ކަމަށް 4 ދަރިވަރުން ކުރިމަތިލިއިރު 31.5 އިންސައްތަ ލިބިގެން ކެޕްޓަން މަގާމް ލިބުނީ ޒައިނަބު މުޙައްމަދު އަބޫބަކުރަށެވެ.