އަޖައިބުން ފުރިފައިވާ ޤުދުރަތީ ވެށްޓަކީ އަޅުގަނޑުމެންގެ ދިރުމެވެ. މި ވެށީގެ އެންމެ ނާޒުކު އެއް ގުނަވަނަކީ ކަނޑެވެ. އެ ވެށްޓަކީ ޙައިރާންކުރަނިވި އެތައް ކަމަކުން ފުރިފައިވާ ވެށްޓެކެވެ. އެ ވެށީގައި ލައްވާފައިވާ ފަޅުތަކާއި ގިރިތަކާއި ހާތަކުގައިވާ މުރަކައިގެ ފީނިތަކާއި އެތަންތާންގައި ދިރިއުޅޭ ރީތި ވައްތަރުތަކުގެ މަސްމަހާމެހީގެ ދިރޭތަކެއްޗެވެ. ނަމަވެސް މި ތަންތަން ދުށުމުގެ ފުރުޞަތު ލިބެނީ އެތަންތަނަށް ފީނައި އެ މަންޒަރުތައް ކެމެރާތަކުގައި ރައްކާކުރާ މީހުންނަށެވެ. މިއަދު މި މަސައްކަތުގައި އަވަދިނެތި އުޅޭ އެއްފަރާތަކީ ހއ. ބިންފަރު ރިސޯޓުގެ ޑައިވިން އިންސްޓްރަކްޓަރ ޑ. ކުޑަދޫ ރިހިވިލާގޭ ޢަބްދުالله ޢާލިމެވެ.
ޢަބްދުالله ޢާލިމް ޑައިވްކުރުމުގައި އެންމެ އިސްކަމެއްދެނީ ރާއްޖޭގެ ރީތި ފަޅުތަކަށާއި ފަރުތަކަށާއި ޑައިވިން ޕޮއިންޓްތަކަށް ފީނައި ރީތި މަންޒަރުތައް ފޮޓޯ ނެގުމަށެވެ. އެއަށްފަހު މީސްމީޑިއާގެ އެކި މަންސަތަކުގައި އެ ފޮޓޯތައް ޢާއްމުކުރުމަށެވެ. ޢަބްދުالله ޑޮޓްކޮމް ގެ ނަމުގައި ވެބްސައިޓެއް ފަރުމާކޮށް ރާއްޖޭގެ ރީތިކަން އިސްތިހާރުކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއެވެ. ޢަބްދުالله ނަގާފައިވާ މިފަދަ އެތައްސަތޭކަ ފޮޓޯތަކެއް ބޭނުންކޮށްގެން ފޮޓޯ މައުރަޒެއް ވެސް ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ބާއްވާފައި ވެއެވެ. "ދެ މިލިޔަން ހަމަކުރުން – ކަނޑުގެ މަންޒަރުތަކުގެ ޖާދޫ" ގެ ނަމުގައި ބޭއްވި މި މައުރަޒް ބާއްވާފައިވަނީ މާލޭ ދާރުލް އާސާރުގައެވެ.
ނަތީޖާއަކަށްވީ ޖަރުމަނުގެ ބާލިންގައި 2022 ޖޫން 26ގައި ބޭއްވި ދުނިޔޭގެ ކަނޑުފަޅުގެ ފޮޓޯ މައުރަޒްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމެވެ. މި މައުރަޒްގައި އޭނާވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ރީތި ބިޔަ ފެހުރިހިތަކާއި ކުލަކުލައިން ޖަރީވެފައިވާ މަސްމަހާ މެހީގެ އައިންތައް ހިމެނޭ އެތައް ފޮޓޯއެއް މި މައުރުޒުގައި ދައްކާފައެވެ. މުރަކައިގެ ރީތި ބަގީޗާތަކަށް ޚާއްޞަ ސަމާލުކަމެއް ލިބިގެން ދިޔަ މި މައުރަޒުގައި އެންމެ ހައިރާންކުރުވަނިވި ފޮޓޯތަކަކަށްވީ ފިނިފެންމަލުގެ ފިޔަތައް އެތުރޭ ފަދައިން އެތުރި ހެދި ޖަރީވަމުންއައި ފަތިކޮށް ހުންނަ މުރަކަތަކުގެ ބަގީޗާގެ ފޮޓޯތަކެވެ. ހަމަ އެފަދައިން މި މުރަކަތައްމަތީ ހެދެމުން އައިސްފައިވާ މޭބިސްކަދުރުގެ ވެޔޮތަކެއް ފަދަ ވެޔޮތަކަށް ވެސް އެފަދަ ސަމާލުކަމެއް ލިބިފައި ވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވެޔޮތައް ވަނީ މި ދެންނެވި ފާޑުގެ މޭބިސްކަދުރު ފަދަ ކަދުރުތަކުން ބަރާވެފައެވެ. ހަމަ އެފަދައިން ކަނޑު އަޑިން ފެންނަ ރީތި އެންދެރީގެ ބަގީޗާތަކުގެ ފޮޓޯތަކަކީ ވެސް މިފެއާއަށް ޒިޔާރަތްކުރި ގިނަބައެއްގެ ސަމާލުކަން ލިބުނު ފޮޓޯތަކެކެވެ.
ޢަބްދުالله އާ ކުރެވުނު އިންޓަވިއުއެއްގައި ކުރެވުނު އެއް ސުވާލަކީ ރާއްޖޭގެ ފަރުތަކުގެ ޤުދުރަތީ ޙާލަތާމެދު ކުރެވުނު ސުވާލެވެ. އެ ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ރާއްޖޭގެ ކަނޑުތަކަށް ފީނުމުގައި ހޭދަކުރެވުނު 15 އަހަރުގެ ތެރޭގައި އޭނާ ރޮއްވާލި އެންމެ ހިތާމަވެރި އެއް މަންޒަރަކީ މިފަހަކަށް އައިސް ފަރުތަކަށް އަޅާ ހަލާކުނުވާ ޒާތުގެ ކުނިބުނީގެ ސަބަބުން އެ ތަންތަނަށް ލިބެމުންދާ ގެއްލުންތަކެވެ. މީގެ 10ވަރަކަށް އަހަރުކުރިން ނުހަނު ރީތިކޮށް ހެދެމުން އައި ފަރުތަކުގެ ކުލަރީތި ބަގީޗާތައް ހަލާކުވެ ރާއްޖޭގެ ކަނޑުފަޅުތަކުން އެފަދަ މަންޒަރުތައް މަދުވަމުން ދިއުމެވެ. ޑ. އަތޮޅު ކުޑަދުއާއި ޑ. މާދޫ ފަޅާއި ޗ. ރަސްމާދޫ ފަޅުތެރޭގައި ކުރިން ހުރި މިފަދަ ރީތި ބަގީޗާތައް މިހާރު ފެންނަން ނެތްކަން ހިތާމައާއެކު އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޢަބްދުالله ދެކޭގޮތުގައި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އިޤްތިޞާދަށް އޮތް ނުރައްކަލެއްގެ ރަނގަބީލެކެވެ. އެކަން އެހެން އެވީ އަޅުގަނޑުމެން ވެށްޓާމެދު ދިން ސަމާލުކަން ކުޑަވުމުންނެވެ. މިއަދު އަޅުގަނޑުމެން މިކަންކަމަށް ސަމާލު ނުވެއްޖެނަމަ ލިބޭ ގެއްލުމުގެ އަސަރު ކުރާނީ އަޅުގަނޑުމެންގެ އިޤްތިޞާދަށެވެ. އަޅުގަނޑުމެންގެ ރަންބިސް އަޅާ އަގުބޮޑު ކުކުޅަށެވެ. އެހެންކަމުން ރާއްޖޭގެ ފަޅުތައް ކުނިބުނިން ސަލާމަތްކުރުމަށް ޚާއްޞަ ފިޔަވަޅެއް އަޅަންޖެހޭކަމަށް ޢަބްދުالله ދެކެއެވެ.
2 Responses
ވަރަށް ފުރިހަމަ ލިޔުމެއް
ވެރި އެމޭޒިންގް