ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމެން ކުޑަ ދުވަސްކޮޅަކަށްވަނީ ވެފައެވެ. ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އިތުރުން ދަރިވަރުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ މިހާރުގެ ވަށާޖެހޭ ތަޢުލީމީ އެއް ފަލްސަފާއެވެ. އެގޮތުން މި މަހު މިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ނެޓްބޯލް ފިއެސްޓާއެއް ކުރިއަށް ގެންގޮސްފައެވެ.
މި ނެޓްބޯލް ފިއެސްޓާގެ އަމާޒަކީ ރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގެ މެދުގައި ބޭއްވޭ ބޮޑު އެއް މުބާރާތަށް ހެދުމެވެ. އެގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރައިމަރީ ގްރޭޑް ތަކުގެ ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ޙާޞިލް ކޮށްފައެވެ. އެގޮތުން މިމަހު 16 ވަނަ ދުވަހު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 2 ން 5 ށް ވަނީ މި ފިއެސްޓާ ކުރިއަށް ގެންގޮސްފައެވެ.

ގްރޭޑް 2 ގެ ދަރިވަރުން ބައްދަލުކުރީ އިމާދުއްދީން ސްކޫލްގެ ދަރިވަރުންނާއެވެ. ގްރޭޑް 3ގެ ދަރިވަރުން ބައްދަލުކުރީ ކަލާފާނު ސްކޫލާއެވެ. ގްރޭޑް 4 ގެ ދަރިވަރުން ބައްދަލުކުރީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއެވެ. މީގެއިތުރުން ގްރޭޑް 5ގެ ދަރިވަރުން ބައްދަލުކުރީ ތާޖުއްދީން ސްކޫލްގެ ދަރިވަރުންނާއެވެ. މި ފިއެސްޓާގައި ހުރިހާމެޗަކުން އަޙްމަދިއްޔާ ވަނީ މޮޅުވެފައެވެ.
މީގެއިތުރުން ވެސް މާލޭގެ އެހެން ސްކޫލްތަކާއެކު ވެސް ވަނީ މި ގްރޭޑް ތަކުގެ ދަރިވަރުން ވާދަކޮށް ފައިނަލާ ހަމައަށް ގޮސްފައެވެ. މި ފިއެސްޓާ ބާއްވާފައިވަނީ އައުޓްޑޯ ކޯޓްތަކުގެ އިތުރުން ސޯޝަލްސެންޓަރުގައެވެ. މިއީ ހަމައެކަނި އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ވަރަށް ބޮޑު މުބާރާތެކެވެ.