މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން އަހްމަދިއްޔާ 1 ވަނަ ހޯދައިފި

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ މަތީ ސާނަވި ގިންތިން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 1 ވަނަ ހޯދައިފިއެވެ. 2022 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީ އިން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ހަފްލާގައި އަހްމަދިއްޔާއަށް ތަށި ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ އެވެ.

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގައި މަތީ ސާނަވީ ގިންތިން 3 ވަނަ ހާޞިލް ކޮށްފައިވަނީ އަޙްމަދިއްޔާ ގެ ފާޠިމަތު ޝާހާ ޙުސައިނެވެެ.

މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުން، އިސްކޮށް މަސައްކަތް ކޮށް ދެއްވި ރާމިޒް ސަރ އާއެކު

އެ މުބާރާތުގެ ގަދަ 10 އަކަށްވެސް އަޙްމަދިއްޔާ ގެ 3 ދަރިވަރަކުވަނީ ހޮވިފައެވެ. އެއީ، ފާޠިމަތު ޝާހާ ޙުސައިނާއި، މަރިޔަމް ލައިޘާ ޙުސައިން ޙަމީދާއި ޢާއިޝަތު ހަމްޔާ އިސްމާޢީލެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމާއި އަޙްމަދިއްޔާއަކީ އަދަބީ ކަންކަމުގައިވެސް ފާހަގަކޮށްލެވޭ ސްކޫލަކަށްވާތީ ކުރިއަށް އޮތްތާގައިވެސް ދިވެހިބަހުގެ އެކެޑަމީއިން ހިންގަވާ މުބާރާތްތަކުގައި ހުރިހާ އުމުރުފުރައަކުން އަޙްމަދިއްޔާ ގެ ދަރިވަރުން ބައިވެރިކުރުމުގެ ޝައުގުވެރިކަން އެބަހުރިކަމުގައެވެ.

" މި ލިބުނު ކާމިޔާބީއަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި އަޅުގަނޑު ދެކެން. މި ކާމިޔާބީ ޙާޞިލްކޮށްދިނުމަށް ޓަކައި މަސައްކަތް ކޮށްދެއްވި، ދަރިވަރުން ތަމްރީން ކޮށްދެއްވި ހުރިހާ ޓީޗަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، ކުރިއަށް އޮތްތާގައިވެސް މި މުބާރާތުން ކާމިޔާބީހޯދުމަށްޓަކައި ސްކޫލުން ކޮށްދެއްވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *