ވާހަކަ ދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

މިއަހަރުގެ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ މި މުބާރާތް ބެހިފައިވަނީ ހަތަރު ބަޔަކަށެވެ. އޭގެތެރެއިން ފުރަތަމަ ބަޔަކީ ސްކޫލުތަކުގެ ބައެވެ. އެއީ ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި، މަތީ ސާނަވީ ގިންތިއެވެ. ދަށު ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 3  (ގްރޭޑް 6، 7) އެވެ. އެއީ ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 4 (ގްރޭޑް 9، 10) އެވެ. މަތީ ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 5 (ގްރޭޑް 11، 12)އެވެ.

ދެވަނަ ބަޔަކީ މަތީ ތަޢުލީމުގެ ބައެވެ. އެއީ ޔުނިވަރސިޓީ /ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީތަކަށް ބައިވެރިވެވޭ ބައެވެ.

ތިންވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބައެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭ ބައެވެ.

ހަތަރުވަނަ ބަޔަކީ އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައެވެ.

މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި އަޙްމަދިއްޔާގެ ދަރިވަރަކު ވާހަކަދައްކަނީ…

ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 3 ޢުމުރުފުރާގައިވެސް ބައިވެރިވާނެއެވެ.

މި މުބާރާތުގައި ބައިވެރިން ވާހަކަދައްކަންޖެހޭ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި އެކަޑަމީގެ އިއުލާނުގައި ވެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2023 ފެބުރުއަރީ 12 ގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *