އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ކައުންސިލް އިފްތިތާހް ކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ކުރީގެ ޢިއްޒަތްތެރި ފަނޑިޔާރު ޖަސްޓިސް ރިޓަޔާޑް ޢަބްދުﷲ ޢަރީފެވެ.
މިރަސްމިއްޔާތުގައި ގްރޭޑް 11 ، 12 އިގެ ޕްރިފެކްޓުން ހުވާ ކުރުން އޮތެވެ. އަދި ގްރޭޑް 10،9،8،7 އަށް އަލަށް ހޮވުނު ދަރިވަރުންގެ ހުވާކުރުންވެސް ރޭ އޮތެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ކުރީގެ ޢިއްޒަތްތެރި ފަނޑިޔާރު ޖަސްޓިސް ރިޓަޔާޑް ޢަބްދުﷲ ޢަރީފެވެ.
2022 – 2023 ވަނަ އަހަރުގެ ސްކޫލްގެ އިސް މަގާމްތަކަށް އިންތިޚާބު ކުރެވުނު ދަރިވަރުންނަށް ބެޖް އަދި ސޭޝް ހަވާލުކޮށްދެއްވީވެސް ޝަރަފްވެރި މެހްމާން ޢަބްދުﷲ ޢަރީފެވެ.
ގްރޭޑް 10،9،8،7، އަދި 12 ގެ ޕްރިފެކްޓުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ގްރޭޑް 11 އަދި 12ގެ ޕްރިފެކްޓުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސިނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަޙްމަދު ޝަފީޤެވެ.
ގްރޭޑް 11 ގެ ޕްރިފެކްޓުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސިނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢައިޝަތު ސީތާ އެވެ.
ގްރޭޑް 11 ގެ ޕްރިފެކްޓުންނަށް މަގާމްގެ ލިޔުން ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސިނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ކުރީގެ ޢިއްޒަތްތެރި ފަނޑިޔާރު ޖަސްޓިސް ރިޓަޔާޑް ޢަބްދުﷲ ޢަރީފު ދަރިވަރުން ކުރި ހުވާގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި ޢަރަބީންގެ ތެރޭގައި ހުވާ ކުރުމުގެ ކަންތައް އޮތް ގޮތާއި ހުވަޔަށް އިޙްތިރާމް ކުރުމުގެ މުހިއްމުކަމާއި ހުވަޔާ ޚިލާފު ވުމަކީ، ކިހާ ނުރައްކާތެރި ކަމެއްކަމަށް ދަރިވަރުންނަށް ހަނދާންކޮށް ދެއްވިއެވެ.
ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަދެއްކީ މިއަހަރުގެ މަތީ ސާނަވީ ކެޕްޓަން އާދަމް ނައިޝް ނަސީމެވެ. ޖަލްސާ ނިމުނީ ޤައުމީ ސަލާމުންނެވެ.