އިންޓަރ ކްލާސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ނިމިއްޖެ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ އިންޓަރ ކްލާސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް ބާއްވައިފިއެވެ. މިދިޔަ ހަފުތާގައި ބޭއްވި މި ދެ މުބާރާތް ވެސް ވަނީ ވަރަށް ފޯރީގައި ނިންމާލާފައެވެ. ޕްރައިމަރީ ގްރޭޑް 1،2 އަދި 3 ގެ ދަރިވަރުންގެ ކުޅުން އޮތީ ހެނދުނުގެ ދަންފަޅީގައެވެ. ގްރޭޑް 4، 5 އަދި 6 ގެ ދަރިވަރުންގެ ކުޅުން އޮތީ މެންދުރުފަހު ދަންފަޅީގައެވެ.

މި މުބާރާތްތަކަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ކުރިއަށް ގެންދަމުން އަންނަ މުބާރާތް ތަކެކެވެ. އެގޮތުން ދަރިވަރުންގެ ދުޅަހެޔޮކަން ޤާއިމުކުރުމަށާއި، އަދި ދަރިވަރުން ހެދި ބޮޑުވުމަށް ބާރު އަޅާ އެކައްޗަކީ ކުޅިވަރު ކަމަށް ވުމެވެ. މީގެ އިތުރުންވެސް ކުޅިވަރު ކުޅޭ ދަރިވަރުންގެ ކިޔެވުން ވެސް ރަނގަޅުވާ ކަމުގައި ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ކުޅިވަރާއެކު އުނގެނުމަކީ މިހާރު ވަރަށް މުހިންމު ކަމެކެވެ.

މި ދެ މުބާރާތް ޚާއްޞަކޮށްފައިވަނީ އަންހެން އަދި ފިރިހެން ކުދިންނަށް ވަކިންނެވެ. އެގޮތުން ފިރިހެން ކުދިންނަށް ޚާއްޞަކޮށްގެން ގެންދިޔައީ ފުޓްބޯޅައެވެ. އަންހެން ކުދިންނަށް ނެޓްބޯޅައެވެ. މި މުބާރާތްތައް ކުރިއަށް ގެންދެވުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއާއި އިންވެގެން އޮންނަ ދަނޑުގައެވެ. މި މުބާރާތްތައް ނިމިގެންދިޔައީ ވަރަށް ފޯރިއާއެކުއެވެ. ކުރިއަށް އޮތްތާގައި ވެސް މިފަދަ އެހެން މުބާރާތްތައް ފެނިގެންދާނެއެވެ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *