އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ދިވެހި ބަހުގެ އެކެޑަމީ އިން ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތް މިއަދު ހަވީރު ފެށޭނެއެވެ. މި މުބާރާތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 3 ޓީމެއްވަނީ ބައިވެރިވެފައެވެ.
ދަށު ސާނަވީ (ގްރޭޑް 7 އަދި 8) ބައިގައި ވާހަކަދައްކާނީ، އިޒްޔަން އިޔާޒު ނަސީމް 8 ޑީ، ޢާއިޝަތު އައިކާ ޢަލީ ޝާކިރު 7 އޭ، ޢާއިޝަތު އަނާ ޢައްބާސް 7އޭ، ޙައްވާ ރިމްޝާ ރިސާދު 8އޭ، އަދި މުޙައްމަދު ޔާނިޝް އަޙްމަދު 8 ސީ އެވެ.
ސާނަވީ ބައިގައި (ގްރޭޑް 9 އަދި 10) އަޙްމަދިއްޔާއިން ވާހަކަ ދައްކާނީ، އަޙްމަދު ރައްޔާން މުޙައްމަދު އަނީސް 10 އެފް، ޢަލާ ޢަބްދުއްސައްތާރު 9އޭ، ޢައިޝަތު އިންޝާ އިމްރާން 9އޭ، ފާޠިމަތު ޝިޔަމް ޢުމަރު 9އޭ، މަރްޔަމް މަންހާ ޙަމީދު 10ބީ އެވެ.
މަތީ ސާނަވީ (ގްރޭޑް 11 އަދި 12) ބައިން ވާހަކަ ދައްކާނީ، އާމިނަތު ފާޠިނާ އަޙްމަދު 11ސީ، ޢާއިޝަތު ޔާސްމީން 12 ބީ، އަނާ ޢަބްދުއްސައްތާރު 11 ސީ، ޢައިޝަތު ހަމްޔާ އިސްމާޢީލް 12 އެޗް، އަދި އިޔާން ޢަލީ މޫސާ 11 އޭ އެވެ.
މި މުބާރާތުގައި އެންމެ ފުރަތަމަ އޮންނާނީ ދަށު ސާނަވީ ދަރިވަރުންގެ ވާހަކަ ދެއްކުމެވެ. މި މުބާރާތުގައި ދަށު ސާނަވީ އިން 28 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ދަށު ސާނަވީ ދަރިވަރުން ގެ ވާހަކަ ދެއްކުން 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަޙްމަދިއްޔާ ގެ ފުރަތަމަ ދަރިވަރުގެ ވާހަކަ ދެއްކުން އޮންނާނީ މާދަމާ މެންދުރު ފަހުއެވެ. ފުރަތަމަ ވާހަކަ ދައްކާނީ އިޒްޔަން އިޔާޒު ނަސީމް 8 ޑީއެވެ.
ސާނަވީ ދަރިވަރުންގެ ވާހަކަ ދެއްކުން އޮންނާނީ 18 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހުން ފެށިގެން 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ބައިގާ ޖުމްލަ 125 ދަރިވަރަކު ވާހަކަ ދައްކާނެއެވެ.
މަތީ ސާނަވީ ދަރިވަރުންގެ ވާހަކަ ދެއްކުން އޮންނާނީ 27 ފެރުއަރީ އާއި 28 ފެބްރުއަރީގައެވެ. މިބައިގާ 31 ދަރިވަރުން ވާހަކަދައްކާނެއެވެ.