އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ ގްރޭޑް 4 ،5، އަދި 6ގައި ކިޔަވަމުންދާ ލިޓްލްމެއިޑްސް ކުދިންގެ ކޭމްޕް މިފަހަރު އޮތީ ހިންމަފުށީގައެވެ. މި ކޭމްޕްއޮތީ މިމަހުގެ 10ން 11އަށެވެ. މިއީ ލިޓްމެއިޑްސް ކުދިން ފުރިހަމަކުރަންޖެހޭ އައުޓިން ޓާސްކެކެވެ. އެގޮތުން މި ހަރަކާތުގައި ބައިވެރިވުމުން ލިޓްލްމެއިޑްސް ދަރިވަރުން ފުރިހަމަކުރަން ޖެހޭ އިތުރު ޓާސްކުތަކެއް ނިންމުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެއިތުރުން މިކަހަލަ ހަރަކާތްތަކުން އެތައްކަމެއް ދަރިވަރުންނަށް ދަސްވެގެންދެއެވެ.
ލިޓްލްމެއިޑްސް ދަރިވަރުންގެ ލޮގްފޮތުގައި ފުރިހަމަކުރަން ޖެހޭ މަސައްކަތްތައް ނިންމުމަށް މިފަދަ ކޭމްޕްތަކުން ދަސްކޮށްދެވެއެވެ. މީގެ އިތުރުންވެސް ދަރިވަރުންގެ އަމިއްލަ ދިރިއުޅުމުގައި ކުރިން ތަޖުރިބާކޮށްފައި ނުވާ އެތައްކަމެއް ދަސްކުރެއެވެ. އެގޮތުން އާއިލާއާއި ދުރުގައި ހޭދަކުރެވޭ މިކަހަލަ ވަގުތުތަކަކީ ބައެއް ދަރިވަރުންގެ ހަޔާތުން ދުވަހަކުވެސް ފިލައިގެންނުދާފަދަ ތަޖުރިބާތަކެވެ.
އެހެންކަމުން ދަރިވަރުންނަށް މިފަދަ ކޭމްޕްތަކުން އެތައް ފައިދާއެއް ކުރެއެވެ. ހަމައެއާއެކު އާ ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރުމާއި، އަމިއްލައަށް ޒިންމާނަގަން ދަސްވުމާއި، އަދި ގަޑިއަށް ކަންކަން ކުރަން ދަސްވެއެވެ. މިއީ އުނގެނުމުގެ އިތުރުން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށްދޭ ވަރަށް ގިނަ ހަރަކާތް ތަކެކެވެ.