ޔާނިޝް އަރުތަބުރަށް ހޮވުނީ 5 ރަންތަރި ހޯދައިގެން

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ދިވެހި ބަހުގެ އެކެޑަމީ އިން ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ދަށު ސާނަވީ ބައިގެ ވާހަކަދެއްކުން މިހާރު ވަނީ ނިމިފައެވެ. 28 ސްކޫލަކުން ވާދަކުރި މި އުމުރު ފުރައިގައި އެންމެ ފަހުން ވާހަކަދެއްކީ އަހްމަދިއްޔާ 8 ސީ ގެ މުޙައްމަދު ޔާނިޝް އަޙްމަދެވެ. ޔާނިޝް ވަނީ ވަރަށް މޮޅަށް ވާހަކަ ދައްކައި 5 ރަންތަރި ހޯދައިގެން މުބާރާތުގެ ގަދަ 10 އަށް ދަތުރުކޮށްފައެވެ. އަދި މުބާރާތުގެ އަރުތަބުރަށް ހޮވިފައެވެ. ޔާނިޝް ވާހަކަދެއްކި މައުޟޫޢަކީ، "ގައުމުދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް." މި މައުޟޫޢެވެ.

މި އުމުރު ފުރައިން އެންމެ ފުރަތަމަ ވާހަކަދެއްކީ، އިޒްޔަން އިޔާޒު ނަސީމް 8 ޑީއެވެ.  އޭނާ ވާހަކަދެއްކީ 13 ފެބްރުއަރީ 2023 ވީ ހޯމަދުވަހުގެ މެންދުރުފަހުއެވެ. އިޒްޔާން ވާހަކަދެއްކީ، ތާރީޚާއި ތަރިކައިގެ ދާއިރާގެ ތެރެއިން "ދިވެހި ތާރީހާ ސަޤާފަތް ދިވެހި ބަހުން ކިޔަވައިދޭން ޖެހެއެވެ." މި މައުޟޫޢަށެވެ.

ދެ ވަނައަށް ވާހަކަދެއްކީ، 14 ފެބްރުއަރީ 2023 ވީ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ޢާއިޝަތު އައިކާ ޢަލީ ޝާކިރު 7 އޭ އެވެ. އައިކާ ވާހަކަދެއްކީ، ދިވެހިރާއްޖެ މިދާއިރާގެ ތެރެއިން

"ދިވެހި ބަހަށް ލިބިފައިވަނީ އަޖައިބެއް ފަދަ ރީތި ކަމެކެވެ." މި މައުޟޫޢަށެވެ.

ތިންވަނަ ދަރިވަރަކަށް އަހްމަދިއްޔާއިން ވާހަކަ ދެއްކީ 14 ފެބްރުއަރީ 2023 ވީ އަންގާރަ ދުވަހުގެ ރޭ ޢާއިޝަތު އަނާ ޢައްބާސް 7އޭ، އެވެ. އަނާއަށް ލިބުނުުު މައުޟޫޢަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ތެރެއިން، "އަޅުގަނޑަކީ ކާކުކަން ބުނެދެނީ ދިވެހި ބަހެވެ."

ހަތަރުވަނައަށް ވާހަކަދެއްކީ 15 ފެބްރުއަރީ 2023 ވީ ބުދަ ދުވަހުގެ ހަވީރު، ޙައްވާ ރިމްޝާ ރިސާދު 8އޭ، އެވެ. ރިމްޝާ ވާހަކަދެއްކީ، ދިވެހިރާއްޖެ މިދާއިރާގެ ތެރެއިން، "އަޅުގަނޑުމެންގެ ތިމާވެށްޓާމެދު ސަމާލުވާން ޖެހެއެވެ." މި މައުޟޫޢަށެވެ.

ފަސްވަނަ އަށް މިދިޔަ ބުރާސްފަތި ދުވަހު ޔާނިސް ވާހަކަ ދެއްކުމާއެކު ދަށު ސާނަވީ ބައިން 140 ދަރިވަރުން ވާހަކަދައްކާ މިހާރުވަނީ ނިމިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *