ޢަލާ ވެސް 5 ރަންތަރި ހޯދައިފި

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ދިވެހި ބަހުގެ އެކެޑަމީ އިން ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ސާނަވީ ބައިން އަހްމަދިއްޔާއިން ދެ ވަނައަށް ވާހަކަދެއްކި ދަރިވަރު ޢަލާ ޢަބްދުއްސައްތާރު 5 ރަންތަރި ހޯދައިފިއެވެ. ޢަލާ ރަންތަރި ހޯދީ މިއަދު ހަވީރު ސަލްމާން މިސްކިތުގެ މާލަމުގައި ބޭއްވި ހަވީރުގެ ދަންފަޅީގައި ވަރަށް ފުރިހަމައަށް ވާހަކަދައްކައިގެންނެވެ. އަލާ އަށް ލިބުނު މައުޟޫޢަކީ އިޖްތިމާޢީ ވެށީގެ ދާއިރާގައި ހިމެނޭ " އިޖްތިމާޢީ ހެޔޮ ވެށްޓެއް ބިނާ ކުރުމަށްޓަކައި ފަރުދި ޒިންމާ " މި މަޢުޟޫޢެވެ.

މި މުބާރާތުގައި އަޙްމަދިއްޔާއިން އެންމެ ފުރަތަމަ ވާހަކަދެއްކީ 10 އެފް ގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސެވެ. ރައްޔާން ރޭގެ ދަންފަޅީގައި ވާހަކަ ދައްކާއި، 4 ރަންތަރިއާއި ރިހި ތަރިއެއް ހޯދައި ރަނގަޅު ކާމިޔާބީއެއް ވަނީ ހޯދާފައެވެ.  ރައްޔާން ވާހަކަދެއްކީ، ދިވެހި ރަދީފަށް އަހުލުވެރިވުމުގެ މުހިއްމުކަމާއި އެކަމުން ލިބޭނެ ފައިދާ ތަކުގެ މައްޗަށެވެ.

ސާނަވީ ޢުމުރު ފުރައިން މާދަމާރޭ ވާހަކަދައްކާނީ، 10 ބީ ގެ މަރިޔަމް މަންހާ ޙަމީދެވެ. އޭގެ ފަހުން ވާހަކަ ދައްކާނީ ފާޠިމަތު ޝިޔަމް ޢުމަރު 9 އޭ، އަދި ޢައިޝަތު އިންޝާ އިމްރާން 9 އޭ އެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *