ފާޠިނާއާއި އަނާއާއި އިޔާން އަރުތަބުރަށް

ދިވެހި ބަހުގެ އެކެޑަމީ އިން އިންތިޒާމްކޮށްގެން އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ މަތީ ސާނަވީ ބައިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޢަނާ ޢަބްދުއްސައްތާރާއި، އާމިނަތު ފާތިނާ އަޙްމަދު އަދި ޢިޔާން ޢަލީ މޫސާ އަރުތަބުރަށް ހޮވިއްޖެއެވެ.

އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިގެން މި 3 ދަރިވަރުން އަރުތަބުރަށް ހޮވިފައިވާއިރު، އަޙްމަދިއްޔާ ފިޔަވައި 3 ދަރިވަރުން އަރުތަބުރަށް ހޮވުނީ ހަމައެކަނި ސީއެޗްއެސްއީންނެވެ. އަރުތަބުރުގެ ވާހަކަދެއްކުން އޮންނާނީ މިރޭ 8.15 ގައެވެ. މުބާރާތުގެ އެންމެ މޮޅު 3 ދަރިވަރުން ކަނޑައަޅާނީ އަރުތަބުރަށް ފަހުގައެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 3 ދަރިވަރުންގެ އިތުރުން އަރުތަބުރަށް ހޮވުނު އެހެން ދަރިވަރުންނަކީ ސީއެޗްއެސްއީގެ ޢާއިޝާ ބިންތް އިބްރާހީމް ރަމީޒާއި، އަޙުމަދު ޢަލާއު އިސްމާޢީލް، އިބްރާހީމް ރިފާޢު، އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އަޙްމަދު ޒަވުލް، ލ.ގަމު ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލްގެ ޢާއިޝަތު ބިންތް ޢަބްދުއްރައޫފާއި، އިހަވަންދޫ ސްކޫލްގެ ޢާއިޝަތު ޙަޒްނާއާއި، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ އާމިނަތު ސަޙާ ސައީދެވެ.

އަޙްމަދިއްޔާގެ މަތީ ސާނަވީ ބައިގެ ދަރިވަރުން ވަނީ ދިވެހިބަހުގެ އެކަޑަމީން އެންމެ ފަހުން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އެއްވަނަ ސްކޫލްގެ މަގާމު އަޙްމަދިއްޔާއަށް ހޯދައިދީފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *