މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި އިންޓަރސްކޫލް ޖޫނިއަރ ޗެމްޕިއަންޝިޕް 2023 ގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
އަހްމަދިއްޔާ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި އިސްކަންދަރު ސްކޫލާއި ބައްދަލުކޮށް 46-29 ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ.
15 އަހަރުންދަށުގެ އަންހެން ދަރިވަރުން ޖޫނިއަރ ޗެމްޕިއަންޝިޕް ގެ ގްރޫޕް ސްޓޭޖްގައި 3 މެޗް ކުޅުނެވެ. މި 3 މެޗް ވެސް ވަރަށް ބޮޑުތަފާތަކުން އަޙްމަދިއްޔާވަނީ ކާމިޔާބު ކޮށްފައެވެ.
މިމަހުގެ 4 ވަނަ ދުވަހު ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލާ ބައްދަލުކޮށް މެޗް ކާމިޔާބުކުރީ 02-60 ގެ ބޮޑު ތަފާތަކުންނެވެ. މިމަހުގެ 6 ވަނަ ދުވަހު ކުޅުނު މެޗުން ޣާޒީ ސްކޫލް ބަލިކުރީ 01-75 ގެ ބޮޑު ތަފާތަކުންނެވެ. މިމަހުގެ 10 ވަނަ ދުވަހު ތާޖުއްދީން ސްކޫލްގެ މައްޗަށް އަޙްމަދިއްޔާ ކުރިހޯދީ 02-71 ގެ ބޮޑު ތަފާތަކުންނެވެ.