އިންޓަނެޓްގެ ޚިދުމަތާއެކު ހުރިހާ ކުލާސްރޫމެއްގައި ކޮމްޕިއުޓަރ ސިސްޓަމް ބަހައްޓައިފި.

ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް އިތުރުވެފައިވާތީ ކިޔަވައިދިނުން މިހާރަށްވުރެ ފުރިހަމައަށް ގެންދިޔުމަށް މަގުފަހިކުރުމުގެ ގޮތުން ހުރިހާ ކުލާސްރޫމެއްގައި އިންޓަނެޓްގެ ޚިދުމަތާއެކު ކޮމްޕިއުޓަރ ސިސްޓަމް ބަހައްޓައިފިއެވެ. ކުލާސްތަކުގައި ކޮމްޕިއުޓަރތައް ބެހެއްޓުމަށް މިއަހަރުގެ ފެބްރުއަރީގައި މަޝްވަރާކޮށް އެގޮތަށް ނިންމުމާއެކު އެމަސައްކަތްތައް ފެށިއެވެ. އަދި ކޮވިޑްއާ ގުޅިގެން ސްކޫލުތައް ބަންދުކުރިއިރު މަސައްކަތްވަނީ ގާތްގަނޑަކަށް ނިމިފައެވެ.

އެގޮތުން ޖުލައި 1ގައި ކިޔެވުން ފެށުނުއިރު މަސައްކަތް އެއްކޮށް ނިންމާލެވި، ޓީޗަރުންދަނީ މިހާރު މި ސިސްޓަމްތައް ބޭނުން ކުރަމުންނެވެ. މީގެ ކުރިންވެސް އަޙްމަދިއްޔާގެ ހުރިހާ ކުލާސްތަކަކީ މަލްޓި މީޑިޔާ މެދުވެރިކޮށް ކިޔަވައިދިނުމަށް ތައްޔާރުކުރެވިފައިވާ ކުލާސްރޫމްތަކެކެވެ. މިގޮތުން އޭރުވެސް ހުރިހާ ކުލާސްރޫމެއްގައި ޕްރޮޖެކްޓަރ ބޭނުންކުރެވެމުންދެއެވެ.

ކިޔަވައިދިނުމުގައި ގިނަ ޓީޗަރުން މިހާރުވެސް ޕްރެޒެންޓޭޝަން ބޭނުންކުރުމާއި ފިލާވަޅާ ގުޅޭ ވިޑިޔޯ އާއި އޯޑިޔޯ ދައްކައެވެ. އެފަދަ ކަންކަމަށް މީގެކުރިން އަމިއްލަ ލެޕްޓޮޕް ބޭނުންކުރަން ޖެހުނު ނަމަވެސް، ކުލާސްރޫމްތަކުގައި ކޮމްޕިއުޓަރ ސިސްޓަމްތައް ބެހެއްޓުމާއެކު ޓީޗަރުންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އުނގެނުމާއި އުނގަންނަައިދިނުން އިތުރަށް ފަސޭހަކުރުމުގެ ގޮތުން އަހްމަދިއްޔާއިން އަބަދުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކުރުމުގެގޮތުން 2015ވަނަ އަހަރުން ފެށިގެން އަޙްމަދިއްޔާގެ ހުރިހާ ކުލާސްރޫމެއް ވަނީ އެއަރ ކޮންޑިޝަން ކޮށްފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *