35 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ސިޓީތަކުން 2 ވަނަ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ. މި މުބާރާތުން 1 ވަނަ ޙާޞިލްކުރީ އިސްކަންދަރު ސްކޫލެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވި އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. މި މުބާރާތުގެ ކީ ސްޓޭޖް 3 ގެ ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ޙާޞިލްކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އުވައިސް ބިން އިނާޒެވެ. ކީ ސްޓޭޖް 4ގެ ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ އަށް ދިޔައީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޢައުލާ އަޙްމަދު ޝާކިރެވެ. ކީ ސްޓޭޖް 5 ގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ 3 ވަނަ ހޯދީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަރިޔަމް ނައިސަމް ސަޢީދެވެ.
މުޅި މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ދަރިވަރު އާޔަން އަޙްމަދު ޢިނާނެވެ. ޢިނާން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދާފައެވެ.
މުޅި މުބާރާތުން ދެވަނަ ހޯދީ ވެސް އިސްކަންދަރު ސްކޫލްގެ ފާތިމަތު ޒާޔާ ޒާހިރެވެ. ޒާޔާ ވަނީ ހާފިޒުންގެ ބައިން ވެސް އެއްވަނަ ހޯދާފައެވެ.
މުޅި މުބާރާތުން ތިންވަނަ ހޯދީ ޒަމާނީ ޤުރުއާން ކުލާހުގެ މުޙައްމަދު ސާއީ މުބާރިކެވެ.
ބަލައިގެން ކިޔެވުމުގެ ގޮފި އެއްވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. ނުބަލައި ކިޔެވުމުގެ ގޮފި އެއްވަނަ ސްކޫލަކީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.
ބަލައިގެން ކިޔެވުމުގެ ގޮފި ދެވަނަ ސްކޫލަކަށް ހޮވުނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނެވެ.
ނުބަލައި ކިޔެވުމުގެ ގޮފި ދެވަނަ ސްކޫލަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.