އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި މަދަހަ މުބާރާތެއް ބާއްވައިފިއެވެ. މިއީ ކުދިންގެ ހިތުގައި ދީނަށް ލޯބި ޖެއްސުމާއި ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމުގެ މަގްޞަދުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވީ ގްރޭޑް 10،9،8،7 ގެ ފަސްދޮޅަހަކަށް ދަރިވަރުންނެވެ.
މަދަހަ މުބާރާތް ފެށީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:30 ން 3.30 އަށެވެ. އެދުވަހު ހައުސް ތަކުގެ ދަރިވަރުން ހުށަހެޅީ ސޯލޯ މަދަހަ އެވެ. މަދަހަ ހުށަހަޅަން ހަމަޖައްސާފައި އޮތީ، މައިގަނޑަކާއި ކަޑިއެއް ކިޔާ ގޮތަކަށެވެ.
ބުދަ ދުވަހު މަދަހަ މުބާރާތް ބޭއްވީ މެންދުރުފަހު 1:00 ން 2:00 އަށެވެ. އެދުވަހު ހައުސްތަކުން ހުށަހެޅީ ގްރޫޕް މަދަހައެވެ. އެގޮތުން ގްރޫޕަކުން މަދަހަ އެއް ހުށަހެޅިއެވެ. މަދަހައިގެ ދިގުމިނަކަށް ހަމަޖައްސާފައި އޮތީ 3 މިނެޓަށްވުރެ ދިގު ނުވާގޮތަށެވެ.
މި މުބާރާތަށް އިންސާފުކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އިސް ދަރިވަރުންނެވެ. މީގެ ތެރޭގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކުރީގެ ދަރިވަރުންވެސް ހިމެނެއެވެ.