އިސްލާމް ވޯކްޝޮޕް ބާއްވައިފި

މިއަހަރު އެސް.އެސް.ސީ އިމްތިހާނުހަދާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަމުންދާ "ވޯކްޝޮޕް"ގެ ތެރެއިން އިސްލާމް މާއްދާއަށް އަމާޒުކޮށްގެން ބާއްވާ ސެޝަންތައް އިއްޔެ އާއި މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މާލަމުގައި ބާއްވައިފިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް އެޗް.އޯ.ޑީ ޙަލީމަތު ރަޙީމާ ވިދާޅުވީ އެންމެ ފަހުވަގުތު މުހިއްމު ހުރިހައި އެއްޗިއްސެއް އެއްތަނެއްގައި ތިބެ މުޠާލިޔާ ކޮށްލުމަކީ ކާމިޔާބު ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ އިތުރަށް ކިޔަވަން ވަގުތުވެސް ލިބޭކަމަށެވެ. އަދި މޮކް އެގްޒާމްގައި ތަންކޮޅެއް ދަށުން ލިބޭ ދަރިވަރުންވެސް ވޯކްޝޮޕުގައި ބައިވެރިވެ، ވޯކްޝޮޕުން ލިބޭ ފިލާވަޅުތަކުގެ އެހީގެ އަލީގައި ނަތީޖާއަށް އެދެވޭ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާކަން ވެސް ފާހަގަކުރެވޭކަމުގައެވެ.

" ޓެސްޓް ވަރަށް ކައިރިކޮށްލާފައި ޔުނިޓްތަކުގެ ފިލާވަޅުތައް އެންމެން އެއްތަނެއްގައި ތިބެގެން އެއްދުވަހެއްގެ ތެރޭގައި ބަލާލެވޭގޮތަށް ހުރިހާކުދިން އެއްކޮށް މަސައްކަތް ކުރީމާ ފައިދާ ބޮޑުވެގެންދޭ." ހަލީމަތު ވިދާޅުވިއެވެ.

ހަލީމަތު ވިދާޅުވީ ކުދިންނަށް ޖަވާބު ލިޔުމުގައި ހެދޭ ގޯސްތައް ޓެސްޓާކައިރިކޮށްލާފައި ހަނދާންކޮށްލަދީ އެކަން އިސްލާހު ކުރާނެގޮތް ކިޔައިދީ ކުދިންނަށް އޮޅުން އަރާއެއްޗެއް އޮތިއްޔާ އެއެއްޗެއް އޮޅުންފިލުވައި ދިނުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމުގައެވެ.

އިސްލާމް ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ދަރިވަރުން ވަރަށް ޝައުގުވެރިވާ ގޮތަށް ގްރޫޕްތަކަށް ސުވާލު ހުށަހަޅައި ޖަވާބުދޭ ގޮތަށެވެ. އަދި ވަކިވަކި ދަރިވަރުންނަށް ވެސް ޖަވާބުދެވޭގޮތަށް ސުވާލުތައް ހުށަހަޅާފައިވެއެވެ. ރަނގަޅު ޖަވާބު ދިމާކުރި ދަރިވަރުންނަށް އިނާމުވެސްވަނީ ދެވިފައެވެ.

އިއްޔެ ހެނދުނު 8:45 ން ރޭގަޑު 7:00 އަށް  އިސްލާމް ވޯކްޝޮޕް ކުރިއަށް ގެންދިޔައީ 10ޑީ 10އީ އަދި 10އެފް ގެ ދަރިވަރުންނަށެވެ. މިއަދު ހެނދުނު 8:45 ން މިރޭ 7:00 އަށް އިސްލާމް ވޯކްޝޮޕް  ކުރިއަށް ގެންދަނީ ގްރޭޑް 10 އޭ 10ބީ އަދި 10ސީ ގެ ދަރިވަރުންނަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *