ރޭ ނިމިގެން ދިޔަ "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދައި ރަންތާޖު ހާސިލްކުރި މުޙައްމަދު ސާއީ މުބާރާކުގެ ހިފެހެއްޓުމެއް ނެތް ޝުކުރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ބަންޑުންކޮށްލައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ އެއްވަނަ ހާސިލްކުރުމަށް ފަހު "އަޙްމަދިއްޔާ1982.އެމްވީ" އަށް ސާއީ ބުނި ގޮތުގައި އޭނާގެ ކާމިޔާބީގައި އަޙްމަދިއްޔާގެ ހިއްސާ ވަރަށް ބޮޑުކަމަށާއި އެހެންކަމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
"ލިބުނު ކާމިޔާބީއަކީ ނުވަތަ ރަންތާޖުގެ ލަޤަބު ލިބުމަށް މަގު ފަހިވީ އަޅުގަނޑު އެ ސްކޫލެއް ދެކެ ނުހަނު ލޯބިވާ، އަޅުގަނޑު މަތީ ސާނަވީ ތަޢުލީމް ހާސިލްކުރި ސްކޫލްކަމަށްވާ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހީވާގި ޕްރިންސިޕަލާއި، ޓީޗަރުންނާ، ލީޑިންގ ޓީޗަރުންގެ އެއްބާރުލުމާ، މަދަދާއި ސަޕޯޓާއި އެހީތެރިކަމާ އެކު. އަދި ސްކޫލްގެ ރައްޓެހިން ދިން ހިތްވަރުން ވެސް ކުރިޔަށްދިއުމަށް، މި ކާމިޔާބީ ހޯދުމަށް އިތުރަށް އަޒުމްއާލާވި". ބޮޑު ހިނިތުންވުމަކާއެކު ސާއީ ބުންޏެވެ. " މި ފަދަ ބޮޑު ކާމިޔާބީއެއް ލިބުމުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓީޗަރުންނާ، ލީޑިންގ ޓީޗަރުންނާ، ޕްރިންސިޕަލް އަދި ސްކޫލްގެ އަޅުގަނޑުގެ ރައްޓެހިން އަދާކުރި ދައުރަށް ފަށްފަށުން، ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރަން".
ސާއީ ވަނީ 2021 ވަނަ އަހަރު ބޭއްވި ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން ބައިވެރިވެ، އެ މުބާރާތުން އުމުރުފުރާއިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް ފަޚުރުވެރި އެއްވަނަ ހޯދާފައެވެ.
މި މުބާރާތުން އެއްވަނަ ލިބުމާ ގުޅިގެން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވެސް ވަނީ ސާއީއަށް މަރުހަބާ ވިދާޅުވެ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ނަމާއި ފަޚުރުދިރުވުމަށް ސާއީ ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި މުޅި އަޙްމަދިއްޔާ ޢާއިލާގެ ނަމުގައި ސާއީއަށް ޝުކުރުއަދާކުރައްވާފައެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ ކުރިޔަށް އޮތް ތަނުގައި ވެސް ސާއީއަށް ކުރިއެރުމާއި ބާއްޖަވެރިކަން މިންވަރުކުރައްވައި، ފަހި، ފާގަތި ކުރިމަގެއް މިންވަރުކުރެއްވުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މަރުޙަބާ ސާއީ