އޭލެވެލް އިމްތިހާނުން އަޙްމަދިއްޔާއަށް ވަރަށް ކުލަގަދަ ކާމިޔާބީ އެއް

އޭލެވެލް އިމްތިހާންގައި ވަރަށް ފުރިހަމަ ނަތީޖާއެއް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ. މަތީ ސާނަވީން ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަރޝިޕް 3 ދަރިވަރުންނަށް ލިބުނު އިރު ހައިއެޗީވާސް ސްކޮލަރޝިޕް އަޙްމަދިއްޔާގެ 25 ދަރިވަރުންނަށް ވަނީ ލިބިފައެވެ. ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މުޅި ރާއްޖެއިން ލިބުނީ 17 ދަރިވަރުންނަށެވެ. އެއީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ތިން ދަރިވަރުންނާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކާއި ގއ. އަތޮޅު ތަޢްލީމީ މަރުކަޒުގެ ދަރިވަރަކާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި އަޙްމަދިއްޔާގެ 3 ދަރިވަރުންނަކީ، 12 ސީގެ ސިނާ އަޝްރަފާއި 12 އެޗްގެ މަލްސާ މުޖުތަބާ އާއި، 12 ސީގެ މަރިޔަމް އަޙްމަދެވެ.

މަތީ ސާނަވީން ފަސް މާއްދާއިން އޭ ހޯދައިގެން ހައިއެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަކީ،

މަރިޔަމް ލައިސާ ޙުސައިން ޙަމީދު 12 ސީ، ޝައިމަން ޙުސައިން 12 ޖީ، ފާޠިމަތު ޝާހާ ޙުސައިން 12 ސީ، ފާޠިމަތު ޝައިހާ ޝާކިރު 12 އެޗް، މަރިޔަމް ރީމާ އަމްޖަދު 12 އޭ، މުޙައްމަދު ޖުމާން 12، ޝާހާ މުޖްތަބާ 12 ބީ، އަހްލާ ޢަލީ 12 ޖޭ، ޢައިޝަތު އީނާސް 12 ސީ، ޢައިޝަތު ޝައުފާ މުޙައްމަދު މޫސާ 12 ޑީ، މަރިޔަމް ނީމް 12 ޖޭ، ރިޒާން ރިޝްވާން 12 އީ، އުލާ ޢަލީ 12 އެޗް، ޢައިޝަތު އިނާން ޢަލީ 12 ޖޭ، ޢައިޝަތު ޒުހާ ޝާހް 12 ޖޭ، ޢަލީ އިޝާން އިޙްސާން 12 ޖީ، އަލްމާ ސަލީމް 12 އެޗް، ފާޠިމަތު ރީމް ރަޝީދު 12 އޭ، އިޖްލާލް އާދަމް އިބްރާހީމް 12 ކޭ، ޖަޒްލާން އިސްމާޢީލް 12 ކޭ، މަރިޔަމް ޖަނާ ޖަމީލް 12 އެޗް، މަރިޔަމް ޝަމްރާ އިބްރާހީމް ރަޝީދު 12 އެޗް، ރީއާ ޙުސައިން ފިރާޒް 12 އެޗް، ޢައިޝަތު ޝުހާ ޢަބްދުﷲ 12 ޖޭ، މުޙައްމަދު ޔަޒްދާން ޔާސިރު 12 އެލް އެވެ.

ރައީސްގެ ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންގެ ތެރެއިން 12 ސީގެ ޝިނާ އަޝްރަފްވަނީ 6 މާއްދާއިން އޭ ސްޓާރ ހޯދާފައެވެ.  12 އެޗް ގެ މަލްސާ މުޖުތަބާ އާއި  12 ސީގެ މަރިޔަމް އަޙްމަދު ވަނީ 5 މާއްދާއިން އޭ ހޯދާފައެވެ. މީގެ އިތުރުން ޝިނާ އަޝްރަފާއި މަރިޔަމް އަޙްމަދު ވަނީ، ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.

އޭ ލެވެލް އަށް މާލޭގައި ކިޔަވައިދޭ އަދި އެންމެ ގިނަ ދަރިވަރުން އިމްތިޙާން ގައި ބައިވެރިކުރުވާ 3 ސްކޫލް ކަމުގައިވާ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ (ސީއެޗްއެސްސީ) އާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގެ ތެރެއިން ގަދަ 10 ގައި އެންމެ މަތީއިންސައްތައެއް މިފަހަރު ހޯދާފައިވަނީ އަޙްމަދިއްޔާއިންނެވެ. ސަން އޮންލައިން އަށް ސީއެޗްއެސްސީ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭ އޭލެވެލް އިމްތިހާން ގައި ސީއެޗްއެސްސީ އިން 418 ދަރިވަރުން ބައިވެރިކޮށް ގަދަ 10 އަށް ހޮވިފައިވަނީ 160 ދަރިވަރުންނެވެ. އެއީ 38 އިންސައްތަ ދަރިވަރުންނެވެ. ސަން އޮންލައިން އަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މަޢުލޫމާތު ދީފައިވާ ގޮތުގައި ވިލާއިން އިމްތިހާން ގައި 200 ދަރިވަރުން ބައިވެރިކޮށް ގަދަ 10 އަށް ހޮވިފައިވަނީ 45 ދަރިވަރުންނެވެ. އެއީ އިމްތިހާން ހެދި ދަރިވަރުންގެ 23 އިންސައްތަ އެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 206 ދަރިވަރުން އިމްތިޙާން ހެދިއިރު ގަދަ 10 އަށް ހޮވުނީ 87 ދަރިވަރުންނެވެ. އެއީ އިމްތިހާން ހެދި ދަރިވަރުންގެ 42 އިންސައްތައެވެ. މިއީ އަޙްމަދިއްޔާގެ ތާރީޚްގައިވެސް އެންމެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނި އަދި އެންމެ މަތީ އިންސައްތަ ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނު އަހަރެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިކާމިޔާބީއަކީ އަޙްމަދިއްޔާގެ ތާރީޚްގައި އޭލެވެލްގެ ދަރިވަރުން ހޯދި ވަރަށް ފުރިހަމަ ކާމިޔާބީއެއްކަމުގައެވެ. މިކާމިޔާބީ ހޯދި ހުރިހާ ދަރިވަރުންނަށާއި ކާމިޔާބީ ހޯދައި ދިނުމަށް އެހީތެރިވެދެއްވި ޓީޗަރުންނާއި ބެލެނިވެރިންނަށް ޕްރިންސިޕަލް ޝުކުރު ދެންނެވިއެވެ.

"ކިޔެވުމަށް މަސައްކަތް ކުރާ ކުދިންނަށް އަޙްމަދިއްޔާއަކީ ރަނގަޅު ނަތީޖާ ހޯދުމުގައި ވަރަށް މުހިއްމު ސްކޫލެއް. އަޙްމަދިއްޔާއިން މިކުރާ މަސައްކަތާއި ދަރިވަރުންނަށް މިކޮށްދޭ މަސައްކަތުގެ އަގު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް ކުދިންގެ ނަތީޖާތަކުން ފެނިގެންދާނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ އުއްމީދަކީ، އަޙްމަދިއްޔާގައި އޭލެވެލުންވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތީ އަޙްމަދިއްޔާގެ އޭލެވެލްއަށް ގިނަ ކުދިންތަކެއްގުޅި އަޙްމަދިއްޔާއިން އޭލެވެލް ފުރިހަމަކުރުމެވެ.

"އަޅުގަނޑު ބޭނުންވަނީ، އެހެން ސްކޫލްތަކުން އޯލެވެލް ނިންމާ ދަރިވަރުން އަޙްމަދިއްޔާއަށް އައިސް އަޙްމަދިއްޔާއިން އޭލެވެލް ނިންމާ ތިޔަކަހަލަ ފަޚްރުވެރި ނަތީޖާތަކެއް ހޯދަމުންދިއުން. އަޙްމަދިއްޔާގައި ކިޔަވާ ދަރިވަރުންވެސް ހަމަ އެހެންމެ އަޙްމަދިއްޔާއިން ބޭރުން އެހެން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އަޙްމަދިއްޔާގައި ފުރުޞަތު ހުރި ވާހަކަ ވަރަށް އުފަލާއެކީގައި ދަންނަވާލަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބެނީ "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނަވީ އިމްތިޙާން ގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ޙާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މިއަހަރު އޮކްޓޯބަރ ގައި އޮންނަ އޭ ލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުން ގަދަ އަޅާ މަސައްކަތް ކޮށްގެން ވަރަށް ފަޚްރުވެރި ނަތީޖާތަކެއް ހޯދުމަށް ޕްރިންސިޕަލް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

" އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ ތިޔަކުދިން މަސައްކަތް ކުރާށޭ. ތިޔަ ހުރިހާ ކުދިންނާއެކީގައި މުދައްރިސުން ތިޔަކުދިންނަށް އެހީތެރިވުމަށްޓަކައި ތިޔަކުދިންގެ ޚިދްމަތުގައި ތިއްބަވާނޭ. އެހެންވީމާ މުދައްރިސުންނާ އެކީގައި މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާތައް ހޯދުމުގައި ހުރިހާ ކުދިންވެސް އަޒުމް ކަނޑައަޅާށޭ. ހަމަ ތިޔަކުދިންވެސް މިކަހަލަ ފަޚްރުވެރި ނަތީޖާ ތަކެއްހަމަ މަސައްކަތް ކޮށްފިއްޔާ ލިބުމަކީ ހަމަ ނުވާނެކަމެއްނޫނޭ. " ޕްރިންސިޕަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔައީ އަހުމަދިއްޔާ ސުކޫލުގެ ޕުރިންސިޕަލް މުޙައްމަދު ރަޝީދުގެ ރޭވުންތެރި ކަމާއި ހިންގުމުގެ މޮޅުކަން. މިހާރު ރާއްޖޭގައިހުރި އެންމެމޮޅު ޕްރިންސިޕަލް.
    **

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *