އެތުލެޓިކްސް މުބާރާތުން އެންމެ ކާމިޔާބު ސްކޫލަކީ އަޙްމަދިއްޔާ

މިއަހަރުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ  20 އަހަރުން ދަށުގެ އަންހެން ޓީމާއި ފިރިހެން ޓީމް ޗެމްޕިއަންކަން ހޯދައިފިއެވެ. މިދިޔަ އަހަރުވަނީ 19 އަހަރުން ދަށުގެ އަންހެން ޓީމް ޗެމްޕިއަންކަން ހޯދާފައެވެ. މިއަހަރު އެލްލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ވެފައިވަނީ ވެސް އަޙްމަދިއްޔާއެވެ.

އަޙްމަދިއްޔާއިން މި މުބާރާތުގައި ބައިވެރިވެފައިވަނީ 4 އުމުރުފުރައިގައެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުންދަށާއި 17 އަހަރުންދަށާއި އަދި 20 އަހަރުންދަށުގެ އުމުރުފުރައިގައެވެ.

20 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ފިރިހެން ޓީމް   އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

47  ސްކޫލަކުން ބައިވެރިވި މި މުބާރާތުގައި އަޙްމަދިއްޔާވަނީ ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައެވެ. 1500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެތްލެޓިކްސް މުބާރާތުގައި އެކިއެކި އިވެންޓްތަކުންވެސް އަޙްމަދިއްޔާ ވަނީ ވަރަށް ފުރިހަމަ ވަނަތަކެއް ހާޞިލް ކޮށްފައެވެ.

އަންހެން ކުދިންގެ 20 އަހަރުން ދަށުގެ 100*4 މީޓަރ ރިލޭއިން 1 ވަނަ އަދި ފިރިހެން ކުދިންގެ 20 އަހަރުން ދަށުގެ 100*4 މީޓަރ ރިލޭއިން 2 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ. އަންހެން ކުދިންގެ 20 އަހަރުން ދަށުގެ 400*4 މީޓަރ ރިލޭއިން 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ. އަންހެން ކުދިންގެ 15 އަހަރުން ދަށުގެ މެޑްލޭ ރިލޭއިން 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ.

20 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އަންހެން ޓީމް.  އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

20 އަހަރުން ދަށުގެ ފިރިހެން އުމުރު ފުރާގައި ބައިވެރިވެ 400 މީޓަރ ދުވުމުން 3 ވަނަ މުޙައްމަދު އައިހަމް ވަނީ ހޯދާފައެވެ. އޭނާވަނީ މިދިޔަ އަހަރު 19 އަހަރުން ދަށުގެ އުމުރު ފުރާގައި ބައިވެރިވެ 400 މީޓަރ ދުވުމުން 1 ވަނަ ހޯދާފައެވެ.

800 މީޓަރ ދުވުމުން 20 އަހަރުންދަށުގެ އުމުރު ފުރައިން ޢައިޝަތު ބިންތި އަހްމަދު 1 ވަނަ ހޯދިއިރު 800 މީޓަރ ދުވުމުން 17 އަހަރުން ދަށުގެ އުމުރު ފުރައިން 2 ވަނަ ހޯދީ މުޙައްމަދު އިހާން ޢުމަރަށެވެ. 1000 މީޓަރ ދުވުމުން 15 އަހަރުން ދަށުގެ ބައިން 2 ވަނަ ޢައިޝަތު އައިލީން ޝަފީޤު 3 ވަނަ ހޯދިއިރު 1000 މީޓަރ ދުވުމުން 13 އަހަރުދަށުގެ ބައިން 3 ވަނަ ލިބުނީ ޢައިޝަތު އާޔާ ސުޖާޢު ޢަލީ އަށެވެ.

1500 މީޓަރ ދުވުމުން 20 އަހަރުންދަށުގެ އުމުރު ފުރައިން 1 ވަނަ ހޯދީ ޢައިޝަތު ބިންތި އަޙްމަދެވެ. 1500 މީޓަރ ދުވުމުން  17 އަހަރުންދަށުގެ އުމުރު ފުރައިން 3 ވަނަ ހޯދީ މުޙައްމަދު އީހާން ޢުމަރެވެ. 5000 މީޓަރ ދުވުމުން 20 އަހަރުންދަށުގެ އުމުރު ފުރައިން 1 ވަނަ ޢައިޝަތު ބިންތި އަޙްމަދު ހޯދިއިރު 3 ވަނަ ހޯދީ ފާޠިމަތު އީނާޝް ރަޝީދެވެ.

70 މީޓަރ ހާޑްލެސް އިން 2 ވަނަ ހޯދީ  މަތީޝާ (13 އަހަރުން ދަށް) އެވެ. 80 މީޓަރ ހާޑްލެސް އިން 3 ވަނަ ހޯދީ އަޝްޔަމް އައިމަން ޢަބްދުﷲ އެވެ.

އަންހެން ކުދިންގެ 20 އަހަރުން ދަށުގެ 100×4 މީޓަރ ރިލޭއިން 1 ވަނަ އަދި ފިރިހެން ކުދިންގެ 20 އަހަރުން ދަށުގެ 100×4 މީޓަރ ރިލޭއިން 2 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ. އަންހެން ކުދިންގެ 20 އަހަރުން ދަށުގެ 400×4 މީޓަރ ރިލޭއިން 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ. އަންހެން ކުދިންގެ 15 އަހަރުން ދަށުގެ މެޑްލޭ ރިލޭއިން 1 ވަނަ ސްކޫލަކަށް ހޮވުނީ އަޙްމަދިއްޔާ އެވެ. މިދިޔަ އަހަރު 19 އަހަރުން ދަށް ފިރިހެން 400 މީޓަރ ރިލޭއިން 2 ވަނައާއި  19 އަހަރުން ދަށް އަންހެން 400 މީޓަރ ރިލޭއިން 1 ވަނަ ހޯދީ އަހުމަދިއްޔާ އެވެ.

20  އަހަރުން ދަށް ހައިޖަމްޕް 3 ވަނަ މުޙައްމަދު އިޙްސާން ޔޫސުފަށް ލިބުނުއިރު، 20 އަހަރުން ދަށް ހައިޖަމްޕް 3 ވަނަ މަރިޔަމް ޝައިމާ ވަނީ ހޯދާފައެވެ. ޝައިމާ މިދިޔަ އަހަރުވެސް ވަނީ 19 އަހަރުންދަށުގެ ބައިން 3 ވަނަ ހޯދާފައެވެ. 20  އަހަރުން ދަށް ލޯންގްޖަމްޕް 3 ވަނަ އާދަމް އައިކް އަޙްމަދު ވަނީ ހޯދާފައެވެ. އަންހެން ކުދިންގެ 20  އަހަރުން ދަށުގެ ޝޮޓްޕުޓް އިން 2 ވަނަ، ޑިސްކަސް އިން 2 ވަނަ ޖެވެލިންގ އިން 1 ވަނަ ހޯދީ މަލްހާ މުޙައްމަދު މާދީ އެވެ. ޖެވެލިން އިން 2 އަހުނާ އަހްމަދު ހޯދިއިރު 3 ވަނަ ހޯދީ ޒަފާ މުޙައްމަދު ޙުސައިނެވެ.

ފިރިހެން ކުދިންގެ 20  އަހަރުން ދަށުގެ ޝޮޓްޕުޓް އިން 1 ވަނަ އަދި ޑިސްކަސް އިން 2 ވަނަ ހޯދީ މާހިލް މުޙައްމަދު ލުޠުފީ އެވެ. ފިރިހެން ކުދިންގެ 20  އަހަރުން ދަށުގެ ޖެވެލިން އިން 1 ވަނަ ހޯދީ މާހިލް މުޙައްމަދު ލުޠުފީ އެވެ. 2 ވަނަ އައިމަން ޚާލިދު ހޯދިއިރު 3 ވަނަ ހޯދީ ޔަމީން ޢަލީ ނޫރީ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *