ސާނަވީ ގަދަ 10 ގެ 1 ވަނަ މިފަހަރުވެސް އަޙްމަދިއްޔާ

މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހެދި ސްކޫލް ތަކުގެ ތެރެއިން ގަދަ ދިހައެއްގެ 1 ވަނަ ސްކޫލަކަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޮވިއްޖެއެވެ. އަޙްމަދިއްޔާއިން ގަދަ ދިހައަކަށް އަށް ހޮވުނީ 54 ދަރިވަރުންނެވެ. 2 ވަނައަށް އެންމެ ގިނަ ދަރިވަރުން ގަދަ ދިހައަކަށް ހޮވުނީ، އިސްކަންދަރު ސްކޫލުންނެވެ. އިސްކަންދަރުން ގަދަ ގަދަ ދިހައެއްގައި 52 ދަރިވަރުން ހިމެނުނެވެ. އަމީނިއްޔާ ސްކޫލަށް 46 ދަރިވަރުންނާއެކު މިފަހަރު ލިބުނީ 3 ވަނައެވެ. ޖަމާލުއްދީން ސްކޫލް ހިމެނުނީ، 4 ވަނައިގައެވެ. އެސްކޫލުން ގަދަ ދިހައަކަށް ދިޔައީ 39 ދަރިވަރުންނެވެ. 5 ވަނަ ލިބެނީ، ތާޖުއްދީން ސްކޫލަށެވެ. 6 ވަނަ ލިބުނީ 29 ދަރިވަރުންނާއެކު މަޖީދިއްޔާ ސްކޫލަށެވެ. މިފަހަރު 7 ވަނަ ލިބުނީ ހިރިޔާ ސްކޫލާއި ރެހެންދި ސްކޫލަށެވެ. ކޮންމެ ސްކޫލަކުންވެސް 28 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނެވެ. 8 ވަނަ ލިބެނީ 24 ދަރިވަރުންނާއެކު ޝަރަފުއްދީން ސްކޫލަށެވެ. 22 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިގެން 9 ވަނަ ލިބުނީ، ކަލާފާނު ސްކޫލާއި ޣާޒީ ސްކޫލަށެވެ. ގަދަ ދިހައެއްގެ 10 ވަނަ އިމާދުއްދީން ސްކޫލަށެވެ. އެސްކޫލުން ގަދަ ދިހައެއްގައި ހިމެނުނީ 21 ދަރިވަރުންނެވެ.

އޯލެވެލް އިން ގަދަ 10 އަށް ދިޔަ ބައެއް ދަރިވަރުން. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ސާނަވީގެ ގަދަ ދިހައެއްގެ 1 ވަނައިގައި 18 ދަރިވަރުން ހިމެނުނެވެ. އެއްވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި އަމީނިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުންނެވެ. މިއިން ކޮންމެ ސްކޫލަކުންވެސް 2 ދަރިވަރުން ހިމެނުނެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި ހައި އެޗީވްމެންޓް ޙާޞިލުކުރި ހަ ދަރިވަރަކު ހިމެނެއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް ގަދަ ދިހައެއްގެ 1 ވަނައިގައި 2 ދަރިވަރުން ހިމެނުނެވެ. އެއީ ޢަބްދުﷲ ހާޒިމް ޝާހިދު 10އީ، އަދި ޙައްވާ ރިފާތު ޝަކޫރު 10 އޭ އެވެ. އޯލެވެލް ގަދަ ދިހައެއްގެ 2 ވަނައިގައި ހިމެނުނީ އާމިނަތު އައިލީން ޢާމިރެވެ. އޯލެވެލް ގަދަ ދިހައެއްގެ 3 ވަނައިގައި 4 ދަރިވަރުން ހިމެނުނެވެ. އެއީ އިޔާން ޢަލީ މޫސާ 10ބީ، ޢަބްދުއްސަލާމް 10ޑީ، އަމަތުﷲ ޝަރީފް އަޙްމަދު 10ސީ، ސާރާ އަޙްމަދު ސަޢީދު 10 ބީ އެވެ.

ގަދަ ދިހައެއްގެ 4 ވަނައިގައި 5 ދަރިވަރުން ހިމެނުނެވެ. އެއީ، ޢައިޝަތު ޔަޝްމީ ބަޝީރު 10ސީ، އައިކާ މުޙައްމަދު ލަޠީފު 10ސީ، ފާޠިމަތު ސަމްހާ އަޙްމަދު 10ސީ ޙައްވާ ރައިމް އަޙްމަދު ޝިފާޢު 10އޭ އަދި މޫސާ ރާއިފް ރިޔާޒް 10 އީ އެވެ. އޯލެވެލް ގަދަ ދިހައެއްގެ 5 ވަނައިގައި 6 ދަރިވަރުން ހިމެނުނެވެ. އެއީ، ޢައިޝަތު ބިންތު ޝުޖާޢު ބިން ޢަލީ 10ބީ، އާމިނަތު މަލަކް މުޙާއްމަދު 10އޭ، ފާޠިމަތު ނަދާ ރިޔާޒު 10ސީ، މުޙައްމަދު ޒައިނުލް ޢާބިދން އަޙްމަދު 10އީ، މުޙައްމަދު ޒީމާން ޒަރީރު 10ޑީ، އަދި ޒަފާ މުޙައްމަދު ޙުސައިން 10އޭ އެވެ.

އޯލެވެލް ގަދަ ދިހައެއްގެ 6 ވަނައިގައި 9 ދަރިވަރުން ހިމެނުނެވެ. އެއީ ޢަބްދުﷲ ބިން މޫސާ 10ޑީ، ޢަބްދުﷲ ބިބް އަޙްމަދު 10ޑީ، އަޙްމަދު އަބާން ޢަލީ 10އެފް، ޢަލީ މައިސާން 10 އެފް، އަލްސަން އަޙްމަދު ރަޝީދު 10އީ، މަރިޔަމް މާނީ މުޙައްމަދު 10އޭ، ނޫރާ ޢަބްދުލްހާދީ 10އޭ، ޔުމްނު ބިންތު އަޙްމަދު 10އޭ، ޒާރާ މުޙައްމަދު ޒުހައިރު 10 ސީއެވެ.

 

އޯލެވެލް ގަދަ ދިހައެއްގެ 7 ވަނައިގައި 7 ދަރިވަރުން ހިމެނުނެވެ. އެއީ، އަޙްމަދު އަދީން މުޚްތާރު 10އީ، އަޙްމަދު މުޒުދާން ފަޔާޒް 10 އެފް، ޢައިޝަތު ސުނައިހަތު 10އޭ، އާމިނަތު މަންހާ މުޙައްމަދު ޝުޖާޢު 10ސީ، އިސްމާޢީލް ރިފާޢު 10ޑީ، މަރިޔަމް މަލްސާ ސަޢީދު 10އޭ، އަދި މީސަމް މޫސާ 10އެފް އެވެ.

އޯލެވެލް ގަދަ ދިހައެއްގެ 8 ވަނައިގައި 5 ދަރިވަރުން ހިމެނުނެވެ. އެއީ، ޢައިޝަތު ޝާހާ ޝާހިދު 10އޭ، ޢައިޝަތު ޒާރާ އިސްމާޢީލް 10ބީ، ފާޠިމަތު އަލާ އަޙްމަދު އަނީސް 10އޭ، އިބްރާހީމް ނަބްހާން ނަޝީދު 10ޑީ، އަދި ރަހްފާ ޖަޢުފަރު 10ސީއެވެ.

އޯލެވެލް ގަދަ ދިހައެއްގެ 9 ވަނައިގައި 8 ދަރިވަރުން ހިމެނުނެވެ. އެއީ، އާހިލް ބިން މުޙައްމަދު ވަޖީހު 10 އެފް، އާމިނަތު އިމްތިސާލު ހާޝިމް 10ބީ، އިސްމާޢީލް އިޒްހާން ނާޒިމް 10އީ، މާކިން ޙަސަން ފަޔާޒް 10އެފް، މަރިޔަމް ޝަދާ އަޙްމަދު ސަމީރު 10ބީ، މަރިޔަމް ތައިމާ ތަސްނީމް 10ސީ، މުޙައްމަދު ނާއިމް ނަސީމް 10ޑީ، ރުޔާ އަޙްމަދު ޔަޒީލް 10ސީ އެވެ.

އޯލެވެލް ގަދަ ދިހައެއްގެ 10 ވަނައިގައި 7 ދަރިވަރުން ހިމެނުނެވެ. އެއީ، އާޔާ އަޙްމަދު ރަޝީދު 10ބީ، އަޙްމަދު އަރިޔަން ނާޒިމް 10އެފް، ޢައިޝަތު ބިންތު އަޙްމަދު 10އޭ، މަރިޔަމް ސަޖާ ޒުހުރީ 10އޭ، މުޙައްމަދު އަޒްހާން ޖަމީލް، މުޙައްމަދު ޒަހިން ޝިފާޢު 10ޑީ އަދި ޝައިނާ އާދަމް 10ބީ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *