އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2023 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ މިއަދު ހަވީރު 4:00 ގައި އަޙްމަދިއްޔާ މާލަމުގައި ބާއްވައިފިއެވެ. މި ހަފްލާގެ ޝަރަފްވެރިމެހްމާނަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
މި ޙަފްލާގައި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 10 އަށް ކިޔަވައިދެއްވި މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. 2023 ވަނަ އަހަރު ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ މިސްކޫލުން ތަޢުލީމް ޙާޞިލް ކުރެއްވި ދަރިވަރުންނެވެ.
ގްރޭޑް 10އޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 2 ވަނަ ހޯއްދަވައި ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި ފާޠިމަތު ޝާޙާ ޙުސައިނެވެ. އޭނާ ވަނީ އޯލްވެލް އިމްތިޙާންގައި އަޙްމަދިއްޔާއިން ބައިވެރިވެ ގަދަ 10 އަކުން 1 ވަނަ ޙާޞިލް ކޮށްފައެވެ.
ގްރޭޑް 10ބީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 1 ވަނަ ހޯއްދަވައި ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ޙާޞިލް ކުރެއްވި މަރިޔަމް އަޙްމަދެވެ. އޭނާ ވަނީ އޭލެވެލް އިމްތިޙާން ގައި 5 އޭ ސްޓާރ ހޯދާފައެވެ.
ގްރޭޑް 10ސީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 1 ވަނަ ހޯއްދަވައި ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ޙާޞިލް ކުރެއްވި މަލްސާ މުޖުތަބާ އެވެ. އޭނާ ވަނީ އޭލެވެލް އިމްތިޙާން ގައި 5 އޭ ސްޓާރ ހޯދާފައެވެ.
ގްރޭޑް 10ޑީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ވޭތުވެ ދިޔަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 1 ވަނަ ހޯއްދަވައި ރައީސުލް ޖުމްހޫރިއްޔާގެ އެވޯޑް ޙާޞިލް ކުރެއްވި ޝިނާ އަޝްރަފް އެވެ. އޭނާ ވަނީ އޭލެވެލް އިމްތިޙާން ގައި 6 އޭ ސްޓާރ ހޯދާފައެވެ.
ގްރޭޑް 10އީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 2 ވަނަ ހޯއްދަވައި ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި އަޙްމަދުމަދު ރަފްޙާން ފާއިޒްއެވެ. އޭނާވަނީ އެއަހަރު ފިޒިކްސް އާއި ހިސާބުން މުޅި ދުނިޔެއިނަ 3 ވަނަ ޙާޞިލް ކޮށްފައެވެ.
ގްރޭޑް 10އެފްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ 2021 ވަނަ އަހަރު އޭ ލެވެލް އިމްތިޙާންގައި އަޙްމަދިއްޔާ އިން ބައިވެރިވެ ގައުމީ ގަދަ 10 އަކުން 2 ވަނަ ހޯއްދަވައި ހައި އެޗީވްމަންޓް އެވޯޑް ޙާޞިލް ކުރެއްވި މުޙައްމަދު ރަސަލް ތަސްލީމެވެ. އޭނާވަނީ މިދިޔަ އަހަރު އެކައުންޓިންގ އާއި ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯއްދަވާފައެވެ.
މިރަސްމިއްޔާތުގައި ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ސްކޫލްގެ ގަދަ 10 ގެ 1 ވަނަ ޙާޞިލް ކުރީ، ގްރޭޑް 10 އެފް ގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއެވެ.
2 ވަނަ ޙާޞިލް ކުރީ 10ސީ ގެ ފާޠިމަތު މަލީޝާ ޝިހާމެވެ.
3 ވަނައަށް ދިޔައީ، 10 ސީ ގެ ޝުއާޢު އިސްމާޢީލް ޝާން އެވެ.
މިޙަފްލާގައި އަޙްމަދިއްޔާ ކުރީގެ ދަރިވަރެއްގެ ވާހަކަދެއްކުން އޮތެވެ. މިނަންބަރު ފުރިހަމަ ކޮށްދެއްވީ، ފާޠިމަތު ޝާހާ ޙުސައިނެވެ. އެއަށްފަހު ދަސްވެނިވި ދަރިވަރުންގެ ފަރާތުން ވާހަކަދެއްކީ، ސްކޫލް ކެޕްޓަން ޝުއާޢު އިސްމާޢީލް ޝާން އެވެ. ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.