އަހްމަދިއްޔާއަކީ އަބަދުވެސް ޗެމްޕިއަން ސްކޫލް

އަޙްމަދިއްޔާއަކީ އަބަދުވެސް ޗެމްޕިއަން ސްކޫލްކަމާއި މިވޭތިވެދިޔަ 15 އަހަރުގެ ޓްރެކް ރެކޯޑަށް ބަލާ ކަމަށްވަންޏާ އަދިވެސް ދިވެހިރާއްޖޭގެ އެއްވެސް ސްކޫލަކަށް އަޙްމަދިއްޔާ ހޯދާފައިވާ ނަތީޖާއާ ހަމައަށް ކައިރިވެސް ނުކުރެވޭ ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ވޭތުވެ ދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުން އަޙްމަދިއްޔާ ހޯދި ފަޚްރުވެރި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރޭ ސްކޫލްގެ މާލަމްގައި ބޭއްވި "އެޗީވްމަންޓް ނައިޓް" ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާގެ 54 ދަރިވަރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާހަގަކުރާ ގަދަ 10ގެ ތެރޭގައި މިދިޔައަހަރުވަނީ ހިމެނިފައިވާކަމާއި އޭގެ ތެރެއިން 2 ކުއްޖަކުވަނީ އޭ ސްޓަރ ހޯދައިގެން 1 ވަނަވެސް ޙާޞިލް ކޮށްފައިވާކަމުގައެވެ.

" މި ފަޚްރުވެރި ނަތީޖާ ހޯދުމުގައި ވަރަށް ގިނަ ބޭފުޅުންގެ މިންނެތް  މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ޚާއްޞަ ގޮތެއްގައި އެކިއެކި މާއްދާތައް ކިޔަވައިދެއްވި ޓީޗަރުން. އެބޭފުޅުން އެކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ވަރަށްގާތުން ދުށީމު. އެހެންކަމުން އެހުރިހާ ބޭފުޅުންނަށް އެބޭފުޅުން އެކުރެއްވި މަސައްކަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޕްރިންސިޕަލްގެ ހައިޞިއްޔަތުން މިރޭ ޝުކުރުދަންނަވަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުންމިދަނީ އަޙްމަދިއްޔާގެ އެއް އަހަރުން އަނެއްއަހަރުގެ ނަތީޖާއާ ވާދަކުރަންކަމާއި، އަޙްމަދިއްޔާއިން ނުކުމެ މިތިބީކީ، މާލޭގެ އެހެން ސްކޫލްތަކުން ހޯދާ ނަތީޖާތަކާ ވާދަކުރާކަށް ނޫންކަމުގައެވެ.

"އަޙްމަދިއްޔާ އަބަދުވެސް ވާދަކުރާނީ އަހްމަދިއްޔާގެ ނަތީޖާޔާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިއަހަރުގެ އުއްމީދަކީ ވޭތުވެދިޔަ އަހަރަށްވުރެ ރަނގަޅު ނަތީޖާއެއް ޖީސީއީ އޯލެވެލް އިމްތިޙާނުން ހޯދުން. އެމަގަށް އަޅުގަނޑުމެން މިސްރާބު ސީދާކޮށްގެން އަޅުގަނޑުމެން މިއަހަރުވާނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައި." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައި، އޯލެވެލްގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އަޙްމަދިއްޔާއިން ކުރި މަސައްކަތްތައް އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަނެގެން މާލޭގެ ހުރިހާ ސްކޫލަކުން އެމަގުން މަސައްކަތް ކުރާތީ މިއަދު ވަރަށް އުފާވާކަމުގައި ވިދާޅުވިއެވެ. ޕްރިންސިޕަލްގެ އުއްމީދަކީ އަދި ހެޔޮ ދުޢާއަކީވެސް، އެ ސްކޫލްތަކުން އޯލެވެލް އިމްތިޙާން ގައި ބައިވެރިވާ ކުދިންނަށްވެސް އަޙްމަދިއްޔާއިން މިހޯދާ ކަހަލަ ރަނގަޅު ނަތީޖާތަކެއް ލިބިގެންދިއުންކަމުގައި ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި އޯލެވެލް އިމްތިޙާން ގައި ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ މުދައްރިސުންނަށާއި ސީނިއަރ މެޏޭޖްމަންޓްގެ ޓީމަށް ހަނދާނީ ލިޔުމާއި، އޯލެވެލް އިމްތިޙާން ގައި އެކި މާއްދާތަކުން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިދެއްވި މުދައްރިސުންނަށް ހަނދާނީ ފިލާދެއްވީ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

90 އިންސައްތައަށްވުރެ މަތީ ނަތީޖާ ހޯއްދަވައިގެން 16 ބޭފުޅަކަށް ހަނދާނީ ފިލާދެއްވިއެވެ.

އިސްލާމިކް ސްޓަޑީޒް އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މުޙައްމަދު ރިޒާ (ސިނިއަރ ލީޑިންގ ޓީޗަރ) އަށެވެ.

އިސްލާމިކް ސްޓަޑީޒް އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، ޙަލީމަތު ރަޙީމާ އަށެވެ.

ދިވެހި މާއްދާ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މުޙައްމަދު ވަޖީހު (ސިނިއަރ ލީޑިންގ ޓީޗަރ) އަށެވެ.

ދިވެހި މާއްދާ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ ފާޠިމަތު ޝަފްރާ އަށެވެ.

ދިވެހި މާއްދާ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، އިބްރާހީމް ރާމިޒު އަށެވެ.

އިނގިރޭސި މާއްދާ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މިސް. ރާނީ ސިރީ ކުމާރު އަށެވެ.

ހިސާބު މާއްދާ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވި މރ. ސްރީ ކްރިޝްނަރ އިއްޔަރ އަށެވެ.

އެކައުންޓިންގ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ ޝިއުނާ އިބްރާހީމް ނަޞީރު، (އެސިސްޓެންޓް ޕްރިންސިޕަލް) އަށެވެ.

90 އިންސައްތައަށްވުރެ މަތީ ނަތީޖައެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ ނުސްރަތުﷲ މުޙައްމަދު ނަޞީރު. (ސިނިއަރ ލީޑިންގ ޓީޗަރ) އަށެވެ.

90 އިންސައްތައަށްވުރެ މަތީ ނަތީޖައެއް ހޯއްދަވައިގެން ބިޒިނަސް ސްޓަޑީޒް އިން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ އާމިނަތު އަރޫޝާ އަށެވެ.

ބައޮލޮޖީ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖައެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މރ. ޕްރޭމް މައިކަލް އަށެވެ.

ކެމިސްޓްރީ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖައެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ ފާޠިމަތު ރަޝީދާ އަށެވެ.

ފިޒިކްސް އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މރ. ޓިޖީ ވަރުގީސް ޖޯން އަށެވެ.

އިންގްލިޝް ލިޓްރޭޗަރ އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މިސް. ނަސީމާ ޚާތޫން އަށެެވެ.

ކޮމްޕިއުޓަރ ސައިންސް އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މރ. ހަރުޝާ ވަރދާން، (ހެޑް ލީޑިންގ ޓީޗަރ) އަށެވެ.

ކޮމްޕިއުޓަރ ސައިންސް އިން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ މރ. ޖެރޯން އަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *