ޔޫ.ކޭ.ޖީ ދަރިވަރުންގެދަސްވެނިވުން ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ  ޔޫ.ކޭ.ޖީ ދަރިވަރުންގެ ދަސްވެނިވުން ބާއްވާ ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ. ދަސްވެނިވުމުގެ ސެޓިފިކެޓް ލިބުނީ 297 ދަރިވަރުންނެވެ. މި ދަރިވަރުންގެ ޖަލްސާ ބާއްވާފައިވަނީ ދެދުވަހެއްގެ މަތިން ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިކަން މިގޮތަށް ކުރަންޖެހުނީ ސްކޫލްގެ ޖާގައިގެ ދަތިކަމުންނެވެ. އެގޮތުން މި ޖަލްސާތައް ބާއްވާފައިވަނީ ސްކޫލްގެ ހޯލުގައެވެ.

މި 297 ދަރިވަރުން ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު ޖަލްސާތަކުގެ ތެރެއިން ފުރަތަމަ ބޭއްވުނު ޖަލްސާގެ ޝަރަފު ވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުއިއްޒެވެ. އަދި ހަމަ އެދުވަހުގެ ދެވަނަ ދަންފަޅީގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރި ވެވަޑައިގަތީ ކެންގަރޫކިޑްސް ސްކޫލްގެ ޕްރިންސިޕަލް މިސް ތަހުމީނާއެވެ.

މީގެއިތުރުން އެންމެ ފަހުގެ ދެ ޖަލްސާ ވެސް ޝަރަފްވެރި ކޮށްދެއްވީ އަޅުގަނޑުމެންގެ ލޮބުވެތި ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ސްޓޭޖުމަތިން ޕްރިންސިޕަލްގެ އަތްޕުޅުންނެވެ.

މިފުރުސަތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިން ދަސްވެނިމުނު ދަރިވަރުންނަށް ވަރަށް ހޫނު ތަހުނިޔާއެއް ކިޔަމެވެ. މި ޖަލްސާގައި ސްކޫލްގެ ބައެއް އިސްވެރިންނާއި ، ޓީޗަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *