އޭލެވެލް އިމްތިހާނުން ކުލަގަދަ ނަތީޖާ ހޯދައިދިން ޓީޗަރުންގެ އަގުވަޒަންކޮށްފި

އޭލެވެލް އިމްތިޙާނަށް ކުދިން ތައްޔާރުކޮށްދެއްވި ޓީޗަރުންނަށާއި ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނަށާއި ރަނގަޅު ނަތީޖާ ހޯދައިދިން ޓީޗަރުންނަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ދެއްވައިފިއެވެ. އޭލެވެލް އިމްތިހާނުން އަޙްމަދިއްޔާ ހޯދި ކުލަގަދަ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި ރޭ އަޙްމަދިއްޔާ ހޯލްގައި ބޭއްވި އެޗީވްމަންޓް ނައިޓް ގައި ހަނދާނީ ފިލާ ދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

އަދި އޭލެވެލް އަށް ކާމިޔާބީ ހޯއްދަވައިދެއްވުމަށްޓަކައި ޕްރިންސިޕަލް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މުދައްރިސުންގެ ފަރާތުން ހަނދާނީ ފިލައެއްވެސް އެރުވުނެވެ. މިހަދާނީ ފިލާ ދެއްވީ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.

އެންމެ ފުރަތަމަ ހަނދާނީ ލިޔުން ދެވުނީ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނަށެވެ. އެއަށް ފަހު ގްރޭޑް 11 އަދި 12 ގައި ކިޔަވައިދެއްވި ޓީޗަރުންނަށެވެ.

ކެމްބްރިޖް އެސެސްމެންޓް އިންގްލިޝް އިން 90 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މރ. ރޮބިންސް މެތިއު އަށެވެ.

މެތަމެޓިކްސް އިން 90.9 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މރ. މުޙައްމަދު އިޚްތިޔާރު މުޙައްމަދު އަށެވެ.

ދިވެހި މާއްދާ އިން 97.3 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މުޙައްމަދު ވަޖީހު އަށެވެ.

ދިވެހި މާއްދާ އިން 95.3 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، ޙަސަން އަސްލަމް އަށެވެ.

ދިވެހި މާއްދާ އިން 96.7 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މުޙައްމަދު އާދަމް އަށެވެ.

ދިވެހި މާއްދާ އިން 94 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، ޢަބްދުން ޤާދިރު އިސްމާޢީލް އަށެވެ.

އިސްލާމް މާއްދާ އިން 92.2 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، ޢަބްދުﷲ ޤާސިމް އަށެވެ.

އިސްލާމް މާއްދާ އިން 90.2 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، އަޙްމަދު ތައުފީޤު ޢަލީ އަށެވެ.

އިސްލާމް މާއްދާ އިން 95.2 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، ޢަބްދުﷲ ޒުބައިރު އަށެވެ.

ބަޔޮލޮޖީ އިން 95.2 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މިސް. ވެންކަޓަ ނަގަ އުދަޔާ ސިރީ ގަޑިޗެރިއަ އަށެވެ.

ކެމިސްޓްރީ އިން 94.1 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މރ. ޖިތޭޝް ޕަރަމްބަތު އަށެވެ.

އެކައުންޓިންގ އިން 96.9 އިންސައްތަ ނަތީޖާއެއް ހޯއްދަވައިގެން ހަނދާނީ ފިލާ ލިބި ވަޑައިގެންނެވީ، މރ. މެލްކިއަސް އެޑްވިން ރާޖް އަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *