އަޙްމަދިއްޔާއަކީ ކިޔަވައި ދިނުމުގެ އިތުރަށް ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ސްކޫލެއް

އަޙްމަދިއްޔާއަކީ ހަމައެކަނި ކިޔަވައިދިނުމަށް ޚާއްޞަކުރެވިފައިވާ ސްކޫލެއްނޫންކަމާއި އަޙްމަދިއްޔާއަކީ ކިޔަވައި ދިނުމުގެ އިތުރަށް ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ސްކޫލެއް ކަމުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ ދިރާސީއަހަރު އަހްމަދިއްޔާ އެކިއެކި މުބާރާތްތަކުން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރުމަށް ރޭ އަޙްދިއްޔާ މާލަމުގައި ބޭއްވި "ވިނާސް ގާލާ ނައިޓް" ގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، ނިމިގެންދިޔަ ދިރާސީ އަހަރުގެ ކުޅިވަރު ހަރަކާތްތަކަށް ބަލާލާ ކަމަށްވަންޏާ އަޙްމަދިއްޔާގެ ދަރިވަރުންވަނީ ވަރަށް ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައިކަމާއި އަޙްމަދިއްޔާގެ ދަރިވަރުން ކުޅިވަރުގެ މައިދާނުގައި ސާބިތުކޮށްދިނީ ފަޚްރުވެރި ކާމިޔާބު ނަތީޖާތަކެއް ކަމުގައެވެ.

ވޭތުވެ ދިޔަ ދިރާސީ އަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވަނީ، ގިނަ މުބާރާތްތަކުން 1 ވަނަ ހޯދާފައެވެ. މިގޮތުން އަޙްމަދިއްޔާއަކީ،

ލިޓާސް އިންޓަރސްކޫލް ބެޑްމިންޓަން ލީގްގެ 2023 ގްރޭޑް 11، 12 އިގެ ޗެމްޕިއަން ޓީމް

ފިފްތު އިންޓަރ ސްކޫލް ހޭންޑްބޯލް ޓޯނަމަންޓް 2023 އަންޑަރ 15 ގާރލްސް ޗެމްޕިއަން ޓީމް

އިންޓަރ ސްކޫލް ބާސްކެޓް ޗެމްޕިއަންޝިޕް 2023 އަންޑަރ 15 ގާރލްސް ޗެމްޕިއަން ޓީމް

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 އަންޑަރ 20 ގާރލްސް ޗެމްޕިއަން ޓީމް

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 އަންޑަރ 20 ބޯއީސް ޗެމްޕިއަން ޓީމް

މީގެ އިތުރުން ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ސާނަވީބައިން މުޅިރާއްޖެއިން 1 ވަނަ ސްކޫލަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، އަޙްމަދިއްޔާ އަކީ ހަމައެކަނި ކިޔަވައިދޭ ސްކޫލެއް ނޫނެވެ. އަޙްމަދިއްޔާގައި ސްކޫލެއްގެތެރޭގައި ހިންގާ ހުރިހާ ހަރަކާތްތަކެއް ހިންގެއެވެ. އަދި އަދަބީ ހަރަކާތްކަމަށްވިޔަސް، ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ އެހެނިހެން ހަރަކާތް ކަމަށްވާ ކެޑޭޓް ބޭންޑް ސްކައުޓް ގައިޑް އަދި އެންމެ ތުއްތު ކުދިން ފެށިގެން ސްޓަރ އަދި ލިޓްލް މެއިޑް މިހުރިހާ އެއްޗެއްވެސް އަޙްމަދިއްޔާގައި ހިންގެއެވެ. ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާގެ މައިގަނޑު އެންމެ އަސާސަކީ ކިޔެވުންކަމާއި ކިޔެވުމާއި ކުޅިވަރުގެ ތެރެއިން ދަރިވަރުން ތަރުބިއްޔަތު ކުރުމަށް އަޙްމަދިއްޔާއިން އަބަދުވެސް އިސްކަންދޭކަމުގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *