މިއަހަރުގެ ސާނަވީ އަދަބީ ތަރިއަކީ ޝުޢާއު

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިއަހަރު ބޭއްވި ސާނަވީ ހިޔާޢީދު ގެ އަދަބީ ތަރިއަކަށް ޖަނަވަރީ ހައުސް ގެ ޝުޢާއު އިސްމާޢީލް ޝާން ހޮވިއްޖެއެވެ. ޝުޢާއު އަދަބީ ތަރިއަކަށް ހޮވުނީ މިއަހަރު ހިޔާ ޢީދު ގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ މުބާރާތް ކާމިޔާބުކޮށް އެންމެ މަތީ ޕޮއިންޓް ހޯދައިގެންނެވެ. ޝުޢާއު އަށް ޖުމްލަ 8 ޕޮއިންޓް ލިބިފައި ވެއެވެ. ގްރޭޑް 10 ސީ ގައި ތަޢުލީމް ޙާޞިލްކުރި ޝުޢާއު އަކީ މިދިރާސީ އަހަރުގެ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަނެވެ.

ޝުޢާއު ވަނީ އަދަބީ ކުއިޒް މުބާރާތުން 1 ވަނަ އަދި މަޒުމޫނު ލިޔުމުގެ މުބާރާތުން 2 ވަނަ ހޯދާފައެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 1 ން 3 އަށް އަޙްމަދިއްޔާގެ ސާނަވީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ތަފާތު 10 މުބާރާތެއްވަނީ ބާއްވާފައެވެ. އެ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނައަށް ދިޔަ ދަރިވަރުންނަށް ތަށްޓާއި ހަނދާނީ ލިޔުން ދިނުމަށް ރޭ އަޙްމަދިއްޔާ މާލަމުގައި ބޭއްވި "އެވޯޑިންގ ނައިޓް" ހަފްލާގައި ތަށްޓާއި ހަނދާނީ ލިޔުން ދެއްވީ ސްކޫލްގެ ސީނިއަރއެސިސްޓެންޓް ޕްރިންސިޕަލް ޢަލީ ޢާޞިމް އާއި އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަޞީރެވެ.

އަދަބީ ޢީދު 2023ގެ މަޒުމޫނު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ހުވަނދުމާ ހައުސްގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސްގެ އާމިނަތު ޝެލީ މުޙައްމަދު ފާއިޒެވެ.

އިރުޝާދުދޭ ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ކާމިނީ ހައުސް ގެ ޢައިޝަތު ޝާބިމް ޒާހިދެވެ. އަތު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ޗާނދަނީ ހައުސް ގެ ޔާނިޔާ ރަޝީދު މޫސާއެވެ.

ބަނދި ކިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ކާމިނީ ހައުސް ގެ ޢާއިޝަތު މައިހާ މާހިރެވެ.

ރައިވަރު ކިޔުމުގެ މުބާރާތުން 1 ވަނަ އަށް ދިޔައީ ޖަނަވަރީ ހައުސްގެ އާމިނަތު ލައިސާ ޙިލްމީ އެވެ.

އަދި ބަހުސް ކުރުމުގެ މުބާރާތުން 1 ވަނަ ހޯދީ ޖަނަވަރީ ހައުސް ގެ މުޙައްމަދު ޔާނިސް އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *