ސާނަވީ ހިޔާ ޢީދު 2023 ގެ 1 ވަނަ ޗާނދަނީ ހައުސް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ" ގެ ފަރާތުން މިއަހަރު ބޭއްވި ސާނަވީ ހިޔާޢީދު ގެ 1 ވަނަ ހައުސަކަށް ޗާނދަނީ ހައުސް ހޮވިއްޖެއެވެ.

ޗާނދަނީ ހައުސް 1 ވަނަ ހޯދީ މިއަހަރު ފެބްރުއަރީ މަހުގެ 1 ން 3 އަށް އަޙްމަދިއްޔާގެ 4 ހައުސްގެ މެދުގައި ބޭއްވި 10 މުބާރާތުން ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.

ހުވަނދުމާ ހައުސްގެ ހައުސް މިސްޓްރެސް މަރިޔަމް ސަޢާދަތު

ޗާނދަނީ ހައުސް 5 މުބާރާތުން 1 ވަނަ 3 މުބާރާތުން 2 ވަނަ ހޯދައިގެން  34 ޕޮއިންޓް ލިބިފައިވެއެވެ.

2 ވަނަ އަށް ދިޔައީ، 29 ޕޯއިންޓް ހޯދައިގެން ޖަނަވަރީ ހައުސް އެވެ.

ޖަނަވަރީ ހައުސްގެ ހައުސް މިސްޓްރެސް ރިޒްނާ އިބްރާހީމް

ޖަނަވަރީ ހައުސް 4 މުބާރާތުން 1 ވަނަ، 2 މުބާރާތުން 2 ވަނަ، 3 މުބާރާތުން 3 ވަނަ ހޯދާފައިވެއެވެ.

3 ވަނަ ހައުސަކަށް ހޮވުނީ، ކާމިނީ ހައުސެވެ.

ކާމިނީ ހައުސްގެ ހައުސް މިސްޓްރެސް ޢައިޝަތު ޒިޔާދާ

ކާމިނީ ހައުސް ކާމިޔާބު ކުރީ، 1 މުބާރާތުން 1 ވަނަ 3 މުބާރާތުން 2 ވަނަ 4 މުބާރާތުން 3 ވަނަ އެވެ. ކާމިނީ ހައުސަށް ލިބުނީ 18 ޕޮއިންޓެވެ.

ހުވަނދުމާ ހައުސްގެ ހައުސް މިސްޓްރެސް މަރިޔަމް އުސްރަތު

ހުވަނދުމާ ހައުސަށް ލިބުނީ 9 ޕޮއިންޓް ހޯދައިގެން 4 ވަނައެވެ.  އެއީ 2 މުބާރާތުން 2 ވަނަ އަދި 3 މުބާރާތުން 3 ވަނަ ހޯދައިގެންނެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުން 1 ވަނަ ހޯދީ ކާމިނީ ހައުސް އެވެ. ކުރުވާހަކަ ލިޔުމުގެ މުބާރާތުންނާއި، އިރުޝާދުދޭ ލިޔުމުގެ މުބާރާތުންނާއި ބަޚަބަރު ކިޔުމުގެ މުބާރާތުންނާއި ބަހުސް ކުރުމުގެ މުބާރާތުން  1 ވަނަ ހޯދީ ޖަނަވަރީ ހައުސް އެވެ. އަތު ލިޔުމުގެ މުބާރާތުންނާއި އަދަބީ ކުއިޒް މުބާރާތުންނާއި ބަނދި ކިޔުމުގެ މުބާރާތުންނާ، ރައިވަރު ކިޔުމުގެ މުބާރާތުންނާއި ނޫސް ލިޔުމުގެ މުބާރާތުން 1 ވަނަ ޙާޞިލް ކުރީ، ޗާނދަނީ ހައުސެވެ.

ހިޔާ ޢީދު ގައި މިހާތަނަށް އެންމެ ކާމިޔާބު ހައުސަކީ ކާމިނީ ހައުސެވެ. 2010 ވަނަ އަހަރުން ފެށިގެން ހިޔާ ޢީދު ބޭއްވި 12 އަހަރުގެ ތެރެއިން 6 ފަހަރު ކާމިނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ 2010، 2011، 2015، 2017، 2018 އަދި 2019 ވަނަ އަހަރެވެ. ދެން އެންމެ ގިނަ އަހަރު 1 ވަނަ ހޯދާފައިވަނީ ޗާނދަނީ ހައުސެވެ. 4 އަހަރު ޗާނދަނީ ހައުސް 1 ވަނަ ހޯދާފައި ވެއެވެ. އެއީ، 2012، 2014، 2022 އަދި 2023 ވަނަ އަހަރެވެ. ހުވަނދުމާ ހައުސް 2013 ވަނަ އަހަރު 1 ވަނަ ހޯދާފައިވާ އިރު ޖަނަވަރީ ހައުސް 1 ވަނަ ހޯދާފައިވަނީ 2016 ވަނަ އަހަރުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *