ބުރާސްފަތި, 17 އޭޕްރިލް 2025

ޤުރުއާން މުބާރާތުން 1 ވަނަ ހަމްޒާ، ޝިޒާން އަދި އުވައިސް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޤުރުއާން ކުލަބްގެ ފަރާތުން މިއަހަރު ބޭއްވި ޤުރްއާން މުބާރާތުގެ ނަތީޖާފާޅުކޮށް ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ދީފިއެވެ. ރޭ އަޙްމަދިއްޔާ މާލަމުގައި ބޭއްވި "އެވޯޑިންގ ނައިޓް" ހަފްލާ ގައި ތައްޓާއި ހަނދާނީ ލިޔުން ދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ ޢާސިމެވެ.

މިއަހަރުގެ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ޙާޞިލް ކުރީ ކާމިނީ ހައުސްގެ ހަމްޒާ ބިން ޢަލީ ރަމީޒާއި ޝިޒާން މުޙައްމަދު ޢާރިފެވެ.

2 ވަނަ އަށް ދިޔައީ ޖަނަވަރީ ހައުސްގެ ޢައިޝަތު ޝަބާ އަޙްމަދާއި ޝުޢާއު އިސްމާޢީލް ޝާން އެވެ.

3 ވަނަ ޙާޞިލް ކުރީ ޖަނަވަރީ ހައުސްގެ ޒާރާ މުޙައްމަދާއި ކާމިނީ ހައުސް ގެ ޢައިޝަތު މައިހާ މާހިރެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ޙާޞިލް ކުރީ ޖަނަވަރީ ހައުސްގެ އުވައިސް ބިން އިނާޒެވެ.

2 ވަނަ އަށް ދިޔައީ ހުވަނދުމާ ހައުސްގެ އަޢުލާ އަޙްމަދު ޝާކިރެވެ. 3 ވަނަ ޙާޞިލް ކުރީ ޖަނަވަރީ ހައުސްގެ ބިލާލް ބިން އަހްމަދެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *