އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ އަދި ސާނަވީ ދަރިވަރުންނަށް ރިޕޯޓްފޯމް ހަވާލުކޮށްފިއެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ދެ ދުވަހުގެ މަތިންނެވެ. އެގޮތުން ޕްރީ ސްކޫލް ދަރިވަރުންނަށް ރިޕޯޓްފޯމް ހަވާލުކުރީ މި މަހުގެ ވިހި ވަނަ ދުވަހުއެވެ. މި ހަރަކާތް ކުރިއަށް ގެންދެވުނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ޕްރީ ސްކޫލް ދަރިވަރުންނަށް ރިޕޯޓް ދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މި ހަރަކާތް ކުރިއަށް ގެންދެވުނީ ސްކޫލްގެ ހޯލުގައެވެ. ހަމަ އެއާއެކު ޕްރައިމަރީ ދަރިވަރުންގެ ރިޕޯޓްފޯމް ހަވާލުކުރުން ވެސް ކުރިއަށް ދިޔައީ ސްކޫލްގެ ހޯލުގައެވެ.
އަޙްމަދިއްޔާ ސާނަވި ދަރިވަރުންނަށް ރިޕޯޓްފޯމް ދިނުން މިއަދު ހެނދުނު އޮތެވެ. ގްރޭޑް 7 ، 8 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލު ކުރެވުނީ، ހެދުނު 7:00 ގައެވެ. ގްރޭޑް 9 ގެ ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކުރެވުނީ ހެނދުނު 8:00 ގައެވެ. މި ދަރިވަރުންނަށްވެސް ރިޕޯޓްފޮތް ހަވާލުކޮށްދެއްވީ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ރިޕޯޓް ދިނުން އޮތީ 9:30 ން 10:30 ށެވެ. މި ދަންފަޅީގެ ދަރިވަރުންނަށް ރިޕޯޓްފޯމް ހަވާލުކޮށްދެއްވީ ޕްރިންސިޕަލްއެވެ. މި ގަޑީގައި ރިޕޯޓްފޯމް ދިނުން ކުރިއަށް ގެންދިޔައީ ގްރޭޑް 1، 2، 3 ގެ ދަރިވަރުންނަށެވެ. އެއަށްފަހު 11:30 ން 12:30 ށް އޮތީ ގްރޭޑް 4، 5، އަދި 6 ގެ ދަރިވަރުންނަށް ރިޕޯޓްފޯމް ދިނުމެވެ. މި ދަރިވަރުންނަށް ވެސް ރިޕޯޓްފޯމް ދެއްވީ ޕްރިންސިޕަލްއެވެ. ޕްރައިމަރީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން ފްލީ އެޗީވްޑް ޙާޞިލްކުރި ދަރިވަރުންނަށް ރިޕޯޓްފޯމް ދިނުންއޮތީ ސްޓޭޖްމަތިންނެވެ.
ރިޕޯޓްފޯމް ދިނުމުގެ ހަފުލާގައި ދަރިވަރުންނާއި މުޚާތަބުކޮށް ޕްރިންސިޕަލްގެ ވާހަކަ ދެއްކެވުން އޮތެވެ. ޕްރިންސިޕަލްގެ ވާހަކަ ފުޅުގައި އަލި އަޅުވާލެއްވީ ކުރިއަށް އޮތް ދިރާސީ އަހަރުގެ ދަރިވަރުންގެ އަޚުލާޤު ރަނގަޅު ކުރުމަށާއި، މިހާރަށް ވުރެ ބޮޑަށް ކިޔެވުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވިއެވެ. މި ފުރުސަތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ކުރިއަށް އޮތް ދިރާސީ އަހަރަކީ ކާމިޔާބު އަހަރަކަށް ވުމަށް އެދެމެވެ.