އެންމެ ރަނގަޅު ނަތީޖާ ހޯދަން ކޮންމެ ކުއްޖަކުވެސް އަޒުމް ކަނޑައެޅުމަށް ޕްރިންސިޕަލް އިލްތިމާސްކުރައްވައިފި

އޯލެވެލް އިމްތިހާންގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާން މަސައްކަތް ކުރަން މިއަދު އަޒުމް ކަނޑައެޅުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު ގްރޭޑް 10ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، މިއަދަކީ ގްރޭޑް 10 ގެދަރިވަރުންގެ ކިޔެވުން ރަސްމީކޮށް ފެށިގެންދާ ދުވަސްކަމާއި ގްރޭޑް 10 ގެ ކުދިންނަކީ އެކުދިންގެ ސާނަވީ މަރުހަލާ މިހާ ހިސާބުން ނިންމާ ދަރިވަރުން ކަމުގައިވާތީ، މިއަދު ވަރަށްބޮޑު އަޒުމެއް ކަނޑަ އަޅަންޖެހޭ ކަމުގައެވެ.

" ތިޔަ ކުދިންގެ ކުރިމަތީގައި އޮތީ ބުރަ ދުވަސްތަކެއް. ޚާއްޞަކޮށް ތިޔަކުދިން ތައްޔާރުވާން ޖެހޭ އިމްތިހާން ތަކަށް ތައްޔާރުވުމަށް. ވަގުތު ބާކާރު ނުކޮށް ގަވާއިދުން ސްކޫލަށް ހާޒިރުވެ މުދައްރިސުން ދެއްވާ ފިލާވަޅުތައް ދުވަހުން ދުވަހަށް ދަސްކޮށް މުތާލިޔާކޮށް އެ ފިލާވަޅުތަކުގެ އަލީގައި ތިޔަކުދިންގެ އިމްތިހާނުން ރަނގަޅު ތަކެއް ނަތީޖާއެއް ހޯދަން މިއަދު އަޒުމް ކަނޑައަޅަންޖެހޭ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާގައި ކަންކަން ރޭވިފައި ހުންނަ ގޮތުން މި ސްކޫލްގައި ދަރިވަރުން ކިޔަވާ ހުރިހާ މާއްދާއެއްގައި އޯލެވެލް އިމްތިހާން ގައި ބައިވެރިވާން ޖެހޭކަމާއި، ސައިންސް  ސްޓްރީމާއި ބިޒިނަސް ސްޓްރީމްގައި ކިޔަވާ ދަރިވަރުންވެސް އެ ދަރިވަރުން ކިޔަވާ 8 މާއްދާގައި ބައިވެރިވާން މަޖްބޫރުވާނެކަމުގައެވެ. މިއަދުން ފެށިގެން އެކްޓްރާ ކުލާސްތައްވެސް އޮންނާނެކަމާއި ހޮނިހިރުދުވަހަކީވެސް ދަރިވަރުންނަށް ގަވާއިދުން ކިޔެވުން އޮންނާނެ ދުވަހެއްކަމުގައިވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *