ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަދު ކިޔެވުން ފެށިއިރު މުޅި ރާއްޖޭގައި 84 ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރެއިން ސަރުކާރުގެ ސްކޫލް ތަކުގައި ކިޔަވާނީ 73 ހާސް ދަރިވަރުންނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލް ތަކުގައި 25 ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ.
މި ދިރާސީ އާ އަހަރުގައި ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ އަދަދަކީ 216 އެވެ. އޭގެ ތެރޭގައި މާލޭގައި އަލަށް ކިޔަވައިދޭން ފަށާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭގައި ހެދި ސީއެޗްއެސްއީގެ އާ އިމާރާތް އަދި ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ސަލާހުއްދީން ސްކޫލް ހިމެނެ އެވެ.
މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހަށެވެ.