ސާނަވީ އިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކީ، އިޔާން ޢަލީ މޫސާ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2021-2022 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް 10ބީގެ އިޔާން ޢަލީ މޫސާ ހޮވިއްޖެއެވެ.

ރޭ ސޯޝަލް ސެންޓަރ ގައި ބޭއްވި އަޙްމަދިއްޔާގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.

މިއަހަރު އަޙްމަދިއްޔާގެ 11 އޭގައި ކިޔަވަމުންދާ އިޔާން އަކީ 2021-2022 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނެވެ. އޭނާވަނީ މިދިޔަ  ވަނީ އޯލެވެލް ގަދަ ދިހައެއްގެ 3 ވަނަ ހޯދާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ވަނީ ހުރިހާ ގޮތަކުން އެންމެ ރަނގަޅު 2 ވަނަ އާއި 3 ވަނަވެސް ހޮވާފައެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 10އީ ގެ ޢަބްދުﷲ ހާޒިމް ޝާހިދެވެ. ހާޒިމް ވަނީ ގަދަ 10 ގެ 1 ވަނަ ހޯދާފައެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމް އިން މުޅިދުނިޔޭގެ 6 ވަނަ ހޯދާފައެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 10ބީގެ އާމިނަތު އައިލީން ޢާމިރެވެ. އައިލީން އަށް ރާއްޖޭގެ ގަދަ 10 ން ލިބުނީ 2 ވަނަ އެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް ގަދަ 10ގައި މިދިޔަ އަހަރު 54 ދަރިވަރުން ހިމެނުނެވެ. ގަދަ ދިހައެއްގެ 1 ވަނައިގައި ހިމެނުނީ 2 ދަރިވަރުންނެވެ. އެއީ ޢަބްދުﷲ ހާޒިމް ޝާހިދު 10އީ، އަދި ޙައްވާ ރިފާތު ޝަކޫރު 10 އޭ އެވެ. އޯލެވެލް ގަދަ ދިހައެއްގެ 2 ވަނައިގައި ހިމެނުނީ އާމިނަތު އައިލީން ޢާމިރެވެ. އޯލެވެލް ގަދަ ދިހައެއްގެ 3 ވަނައިގައި 4 ދަރިވަރުން ހިމެނުނެވެ. އެއީ އިޔާން ޢަލީ މޫސާ 10ބީ، ޢަބްދުއްސަލާމް 10ޑީ، އަމަތުﷲ ޝަރީފް އަޙްމަދު 10ސީ، ސާރާ އަޙްމަދު ސަޢީދު 10 ބީ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *