ޤައުމީ ދުވަސް: ސާނަވީ ދަރިވަރުން ތަފާތު ހުނަރުތަކާއެކު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުން މިއަހަރުގެ ޤައުމީ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.  މި ދުވަސް ފާހަގަކުރުމަށް އިއްޔެ ހެނދުނު ސާނަވީ ދަރިވަރުންނަށް ޚާއްސަ ދެ އެސެމްބްލީއެއް ބޭއްވިއެވެ.

ހެނދުނު 7:15 ގައި  އޮތީ ގްރޭޑް 7،9 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީއެވެ. 8.45 ގައި އޮތީ ގްރޭޑް 8،10 ގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީއެވެ. މި 2 އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ސްކޫލްގެ އަދަބީ މުދައްރިސް މުޙައްމަދު ސަލީމެވެ.

ސަލީމްގެ ވާހަކަފުޅުގައި ދިވެހިންނަކީ، އަމިއްލަވަންތަކަމެއް ބިނާކުރަމުން އައި ބައެއްކަމާއި އަދި ދިވެހިންނަކީ ވަށައިގެން މިފެންނަ ގައުމުތަކަށްވުރެ މާ ފަޚުރުވެރިވެސް ބައެއް ކަމަށް ވިދާޅުވިއެވެ.  ވަށައިގެން ފެންނަ ގައުމުތައް އެގައުމުތަކަށް ކިޔާ ނަންތައް ފެށިފައިއޮތީ 1940 ގެތެރޭގައިކަމާއި ދިވެހިން ކިޔާ މަޝްހޫރު ބޮޑުކަރަ ބަދަލުވެގެންދިޔައީ 1940 ގެތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

އިނގިރޭސިން ބޮޑުކަރަ ދޫކޮށް އެމީހުންގެ އިސްތިއުމާރު  މިނިވަންވުމަށްފަހުގައި މި ސަރަހައްދުގެ ބައެއް ގައުމުތައް އުފެދުނު ކަމަށް ވިދާޅުވިއެވެ. އެކަމަކު ދިވެހިރާއްޖޭގެ ނަމުގައި އެތާގައި އަމިއްލަ ގައުމެއް އޮންނަތާ އެއްހާސް އަހަރުވެއްޖެކަމާއި އެހެންވީމާ ދިވެހިންނަކީ ފަޚްރުވެރިބައެއްކަމަށް ވިދާޅުވިއެވެ.

" އެކަމަކު ފަޚްރުވެރިކަމާއެކު ބުނެލަން އަހްމަދިއްޔާ ސްކޫލްގެ ކުދިންނަށް ސަރ މިދައްކާ ވާހަކަ އެގޭގޮތަށް ދިވެހިރާއްޖޭގެ އެހެން ސްކޫލެއްގެ ކުދިން ނަކަށް ސަރ މިދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވާނެ. ސަބަބަކީ އަޙްމަދިއްޔާއަކީ ދިވެހި ތާރީޚް ކިޔަވާ ދަރިވަރުންގެ ސްކޫލަކަށްވާތީ." ސަލީމް ސަރ ވިދާޅުވިއެވެ. ސަލީމް ސަރ ވިދާޅުވީ، ދިވެހި ތާރީޚް ކިޔަވާ ކުދިން ތިބި ތަނެއްގައި ދިވެހިރާއްޖޭގެ ތާރީޚާބެހޭގޮތުން ވާހަކަ ދައްކާއިރު އެކުދިން ގެ އެހުންނަ ޝައުގުވެރިކަމެއް ދިވެހި ތާރީޚް ނުކިޔަވާ ބައަކަށް ނުހުންނާނެކަމާއި ދިވެހި ރާއްޖޭގެ މިނިވަންކަމަށް ލޯބި ކުރާކަށްވެސް ނޭގޭނެ ކަމުގައެވެ.

މި އެސެމްބްލީތަކުގައި ދުވަހާ ގުޅޭ ގޮތުން ރައިވަރާއި، ބަންޖާއި، ޅެން ހުށަހެޅުމުގެ އިތުރުން ދުވަހާ ގުޅޭ ގޮތުން ވާހަކަދެއްކުން އޮތެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މި ޙަރަކާތްތަކުގައި ބައިވެރިވެ ތަފާތު މޮޅު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *