ބުރާސްފަތި, 17 އޭޕްރިލް 2025

މަތީ ސާނަވީ ހިޔާޢީދުގެ އެއްވަނަ ހުވަނދުމާ ހައުސްއަށް! އަދަބީ ތަރިންނަށް ލަޔާން އަދި ފާތިނާ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ އީދު، "ހިޔާޢީދު"ގެ އެއްވަނަ  ހުވަނދުމާ ހައުސް އިން ހޯދިއިރު، އެ އީދުގެ އަދަބީ ތަރިންނަށް ހުވަނދުމާ ހައުސްގެ ލަޔާން މުހައްމަދު ރަޝީދު އަދި ޗާނދަނީ ހައުސްގެ އާމިނަތު ފާތިނާ އަޙްމަދު ހޮވިއްޖެއެވެ.

ހިޔާއީދުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނާއި ހައުސްތަކަށް އިނާމް ދެއްވީ ގައުމީ ދުވަސް ފާހަގަކުރުމަށް މަތީސާނަވީ ދަރިވަރުންނަށް އިއްޔެ ބޭއްވި ޚާއްޞަ އެސެމްބްލީގައި ޝަރަފްވެރި މެޙްމާން ދިވެހިބަހުގެ އުސްތާޛް އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އާދަމް ނަޞީރު އިބްރާހީމެވެ.

ހިޔާއީދުގައި މި ފަހަރު މުޅިން އަލަށް ބޭއްވި ރޭޑިއޯ ޑްރާމަ މުބާރާތުން އެއްވަނަ ހައުސްއަކަށް ހޮވުނީ ހުވަނދުމާ ހައުސްއެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހައުސްއަކަށް ކާމިނީ ހައުސް ހޮވުނު އިރު އެއްވަނަ ދަރިވަރަކަށް ހޮވުނީ ހުވަނދުމާ ހައުސްގެ ޢާއިޝަތު ލައިސާ 12ބީ އެވެ. ރިޕޯޓުލިޔުމުން އެއްވަނަ ހައުސްއަކަށް ހޮވުނީ ޖަނަވަރީ ހައުސްއެވެ.

އެއްވަނައަށް ދިޔަ ދަރިވަރަކީ ހުވަނދުމާ ހައުސްގެ ލަޔާން މުޙައްމަދު ރަޝީދު 12ބީ އެވެ.

ޕްރޮޕޯސަލް ލިޔުމުން އެއްވަނައަށް ދިޔައީ ޖަނަވަރީ ހައުސްގެ ތުހުފާ މުޙައްމަދު 12ޖޭއެވެ. މި މުބާރާތުން އެއްވަނަ ހައުސްއަކީ ވެސް ޖަނަވަރީ ހައުސްއެވެ. ބަހުސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޗާނދަނީ ހައުސްއެވެ.

އެންމެ މޮޅު ދަރިވަރުންނަކީ ޖަނަވަރީ ހައުސްގެ އިޔާން ޢަލީ މޫސާ 11އޭ އަދި ޗާނދަނީ ހައުސްގެ އާމިނަތު ފާތިނާ އަހުމަދު 11ސީއެވެ.

ބަނދިކިޔުމުން އެއްވަނަ ޗާނދަނީ ހައުސްއަށް ލިބުނުއިރު އެއްވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ޖަނަވަރީ ހައުސްގެ މަރިޔަމް މިޝްކާ 11ސީ އެވެ. މިއަހަރު މުޅިން އަލަށް ބޭއްވި ދެވަނަ މުބާރާތްކަމަށްވާ ވާދަރައިވަރުކިޔުމުގެ މުބާރާތުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ. މި މުބާރާތުގެ ދަރިވަރުންގެ ވަނަތަކެއް ނުހޮވައެވެ. އަދަބީ ކުއިޒް މުބާރާތުން އެއްވަނަ ހައުސްއަކަށް ހޮވުނީ ހުވަނދުމާ ހައުސްއެވެ.

އެއްވަނައަށްދިޔަ ދަރިވަރަކީ ޗާނދަނީ ހައުސްގެ ފާތުމަތު ނައުރާ އަސްލަމް 11ސީ އެވެ. ޕެނަލް ޑިސްކަޝަންއަކީ ވެސް މިއަހަރު މުޅިން އަލަށް ބޭއްވި މުބާރާތެކެވެ. މި މިބާރާތުން ވެސް އެއްވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ. ވަކިވަކި ދަރިވަރުންގެ ވަނަތައް ނުހޮވާ އިތުރު މުބާރާތްތައް ކަމަށްވާ ބަޚަބަރު މުބާރާތާއި ސްޓޭޖްޑްރާމާ އާއި ބައޮގްރަފީ ހުށަހެޅުމުން ވެސް އެއްވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ. ފާރުނޫސް މުބާރާތުން އެއްވަނަ ހޯދީ ކާމިނީ ހައުސްއެވެ.

މުޅި ހިޔާއީދުގެ އެއްވަނަ ހުވަނދުމާ ހައުސް ހޯދިއިރު ދެވަނަ ހޯދީ ޖަނަވަރީ ހައުސްއެވެ. ތިންވަނަ ލިބުނީ ކާމިނީހައުސްއަށެވެ.

ހިޔާއީދުން ވަނަވަނަ ޙާޞިލްކުރި ދަރިވަރުންނަށާއި ހައުސްތަކަށް މި ނޫހުގެ ފަރާތުން ތަހުނިޔާ ދަންނަވަމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *