އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް މި ދިރާސީ އަހަރު ބޭއްވި އެކި މުބާރާތްތަކުގެ ނަތީޖާފާޅުކޮށްފިއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް މަތީ ސާނަވީ ދަރިވަރުންނަށް ބޭއްވި އެސެމްބްލީގައި ހިޔާއީދުގެ ނަތީޖާފާޅުކުރުމުގެ އިތުރުން ސްކޫލްގެ އިނގިރޭސި އަދަބީ ޖަމިއްޔާއިން ބޭއްވި އޭލާދުވަހުގެ މުބާރާތްތަކާއި، އިންޓަރކްލާސް ޤުރުއާން މުބާރާތާއި، ކެރަމް މުބާރާތާއި ފީފާ މުބާރާތުގެ ނަތީޖާފާޅުކުރުން އޮތެވެ.
އޭލާ ދުވަހުގެ މުބާރާތްތަކުގެ ތެރެއިން އިމްޕްރޮމްޕްޓް ސްޕީޗް މުބާރާތުން ތިންވަނަ ހޯދީ ހުވަނދުމާ ހައުސްގެ އަންޖަލް މުޙައްމަދު އަގީލް 12ސީ އެވެ. ދެވަނަ ހޯދީ ޖަނަވަރީ ހައުސްގެ އިޔާން ޢަލީ މޫސާ 11އޭ އެވެ.
އެއްވަނަ ހޯދީ ހުވަނދުމާ ހައުސްގެ މުޙައްމަދު ޝައިހާން އަޙުމަދު ޝަފީގް 12ޖީއެވެ. ކަހޫޓް މުބާރާތުން 3 ވަނަ ހޯދީ މުޙައްމަދު ޝައިހާން އަޙްމަދު ޝަފީގެވެ.
ދެވަނަ ހޯދީ ކާމިނީ ހައުސްގެ މާދިޙް އިބްރާހީމް 11އެފްއެވެ. އެއްވަނަ ހޯދީ ހުވަނދުމާ ހައުސްގެ އަޙްމަދު ޙަމްދު ހުސައިން ޒުހައިރު 12ޖީއެވެ. ވާހަކަލިޔުމުން ހޮވީ އެއްވަނަ އަދި ދެވަނައެވެ. ދެވަނައަށް ދިޔައީ ކާމިނީ ހައުސްގެ މުޙައްމަދު އައިހަމް އަޙުމަދު 11އި އެވެ. އެއްވަނައަށް ދިޔައީ ޗާނދަނީ ހައުސްގެ ރަޒާން އިބްރާހީމް ރަޝީދު 12އެލްއެވެ. ޅެންލިޔުމުގެ މުބާރާތުން ވެސް ހޮވާފައި ވަނީ އެއްވަނަ އަދި ދެވަނައެވެ. މި މުބާރާތުން ދެވަނައަށް ދިޔައީ ކާމިނީ ހައުސްގެ ޒައިނަބު މުހައްމަދު އަބޫބަކުރު 12ބީ އެވެ. އެއްވަނައަށް ދިޔައީ މުޙައްމަދު ޝައިހާން އަޙްމަދު ޝަފީގެވެ. ބަހުސް މުބާރާތުން އެއްވަނަ ހައުސް އަކީ ޗާނދަނީ ހައުސްއެވެ. ދެވަނަ ހޯދީ ހުވަނދުމާ ހައުސްއެވެ.
ޤުރުއާން މުބާރަތުން ބަލައިގެން ކިޔެވުމުން ތިންވަނަ ދެ ދަރިވަރަކު ހޯދާފައިވެއެވެ.
އެއީ 11ޑީގެ ޢަބްދުއްސަލާމާއި 11އޭގެ ޢިޔާން އަލީ މޫސާއެވެ. ދެވަނައަށް ވެސް ދެ ދަރިވަރަކު ހޮވިފައިވެއެވެ. އެއީ 11އީގެ މުޙައްމަދު މާދިން މޫސާއާއި 11އޭގެ ޒައިނާ ރަޝީދެވެ. މި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދީ 12އެލްގެ މުޙައްމަދު ވިއާމް ލަތީފެވެ. ނުބަލައިކިޔުމުގެ ބައިން ތިންވަނައަށް ދިޔައީ 11އެފްގެ އަޙުމަދު ރާއިފެވެ.
ދެވަނައަށް ދިޔައީ 12ސީގެ މަރިޔަމް ނައިސަމް ސައީދެވެ. ފަޚުރުވެރި އެއްވަނަ ހޯދީ 12ސީގެ އާމިނަތު އައިފާއެވެ.
ފީފާ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ 11ޖޭގެ އަބާން އަލީއެވެ.
އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ 12ސީގެ މަރިޔަމް ނައިސަމް ސަޢީދެވެ.
ކެރަމް މުބާރާތުގެ ޗެންޕިއަންކަން ހޯދީ 11ކޭގެ އަޙުމަދު ޢާލިފް ޞަބާހެވެ.
މި މުބާރާތްތަކުގެ ވަނަވަނައަށް ދިޔަ ކްލާސްތަކަށާއި ދަރިވަރުންނަށް ތަށްޓާއި ޓްރޮފީ ދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.