އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 10 އޭ ގެ ޢައިޝަތު އިންޝާ ޢިމްރާން ހޮވިއްޖެއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު 12:00 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.
އިންޝާ ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 7 ދަރިވަރުންނާއި ވާދަކޮށް 74.29 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ.
ދެވަނައާއި ތިން ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަންކަމަށް ހޮވުނީ، 10ޑީގެ އަޖްމަލް ޚާލިސް ޝަރީފާއި 10 އޭގެ ފާޠިމަތު ޝިޔަމް ޢުމަރެވެ.
އަޖްމަލް ޚާލިސް ޝަރީފަށް ލިބުނީ 64.33 އިންސައްތައެވެ.
ފާޠިމަތު ޝިޔަމް ޢުމަރަށް ލިބުނީ، 63.47 އިންސައްތައެވެ.
ކެޕްޓަންކަމަށް ޖުމްލަ 9 ދަރިވަރުން ކުރިމަތިލިއެވެ. މިފަހަރު 4 ވަނަ ހޯދީ އަލާ ޢަބްދުއްސައްތާރެވެ. އަލާ އަށް ލިބުނީ 62.66 ޕޮއިންޓެވެ.
5 ވަނަ ލިބުނީ ޢައިޝަތު ޝާލީ ފަހީމަށެވެ. ޝާލީއަށް ލިބުނީ 56.55 އެވެ. 6 ވަނަ ހޯދީ ޔޫސުފް ބިން ޢަބްދުﷲ އެވެ. ޔޫސުފަށް ލިބުނީ 55.88 ޕޮއިންޓެވެ. 7 ވަނަ ލިބުނީ 52.83 ޕޮއިންޓާއެކު ޙުސައިން އާދު އާސިމަށެވެ. 8 ވަނައަށް ދިޔައީ ޔޫސުފް ހަމްޒާ ޢަބްދުލް މުންނިމް އެވެ. ހަމްޒާއަށް ލިބުނީ 51.60 ޕޮއިންޓެވެ. 9 ވަނަ ލިބުނީ 47.49 ޕޮއިންޓާއެކު މޫސާ ހުމާމް ޝަމީމަށެވެ.
ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ކާމިޔާބީ ތަކަށް 20 އިންސައްތަ، އިންޓަވިޔު އަށް 20 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 30 އިންސައްތަ އެވެ.