އަޙްމަދިއްޔާގެ މަތީ ސާނަވީ ދިވެއްސާއި އިސްލާމް ކޭންޕު ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް ކޭމްޕް ބާއްވައިފިއެވެ.

އިއްޔެ ހެނދުނު 8.30 ން ފެށިގެން ހަވީރު 5.45 އަށް އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށްދިޔަ މި ކޭންޕުގައި އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއާއި ބެހޭ މަޢުލޫމާތާއި އިމްތިޙާންކުރެވޭ ބައިތައް އަލުން މުޠާލިޢާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް އެބައިތަކާ ބެހޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ދިނެވެ. އަދި އިމްތިޙާންތަކުގައި ދަރިވަރުން ހަދާ ކުށްތަކާއި އެ ކުށްތައް ރަނގަޅުކުރާނެ ގޮތް މި ކޭންޕުގައި ކިޔައިދިނެވެ.

ގާތްގަނޑަކަށް ގްރޭޑް 12ގެ ދެ ޖިންސުގެ ހުރިހާ ދަރިވަރުން ބައިވެރިވި މި ކޭންޕުގައި މެންދުރުކުރީގެ ދަންފަޅީގައި ނަގައިދިނީ ދަތުރުނާމާ، ރޭޑިއޯ ޑްރާމާ، މަޒުމޫނުގެ ސްޓައިލްގެ ތަފާތުތައް، ބައޮގްރަފީއާއި  އޮޓޯބައޮގްރަފީ އަދި ރިޕޯޓުގެ ވައްތަރުތަކާއި އުސްލޫބުތަކާ ބެހޭ ފިލާވަޅުތަކެވެ.

މެންދުރުފަހުގެ ދަންފަޅީގައި ދަރިވަރުން ލައްވައި ޢިލްމީ ދޭހައަކާއި އަދަބީ ދޭހައެއް ހެއްދުވުމުގެ އިތުރުން ތީމެޓިކް ޚުލާޞާ، ޕްރޮޕޯސަލްގެ ވައްތަރުތައް، ތަޤްރީރު، ރަސްމީ ސިޓީގެ ބައިތައް ކިޔައިދިނެވެ.

މި ކޭމްޕްގައި ކިޔަވައިދެއްވީ އަޙްމަދިއްޔާގެ ދިވެހި ޑިޕާޓްމަންޓުގެ އެޗްއޯޑީ ޙަސަން އަސްލަމްގެ އިތުރުން އަޙްމަދިއްޔާގައި މަތީ ސާނަވީއަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުން ކަމަށްވާ ޢަބްދުލް ޤާދިރާއި، މުޙައްމަދު އާދަމްގެ އިތުރުން އަޅުގަނޑު އިބްރާހީމް ރާމިޒެވެ.

އެޗްއޯޑީ ވިދާޅުވީ މިއަދު މި ބޭއްވީ ވަރަށް ގިނަ ގޮތްގޮތުން ފައިދާހުރި ކޭމްޕެއް ކަމަށާއި، ދިވެހި އިމްތިޙާން މިހާ ކައިރިވެފައި އޮއްވައި ކޭމްޕް ބޭއްވުމުން މި ކޭމްޕުން ލިބުނު މަޢުލޫމާތު ދަރިވަރުންނަށް ތާޒާކަމާއެކު އިމްތިޙާނުގައި ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި، މި ކޭމްޕްގެ ސަބަބުން ދަރިވަރުން އިތުރަށް ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަނެވި އިމްތިޙާން މާކުކުރުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތަކަށް ވެސް އިތުރަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ.

މީގެއިތުރުން، ލިޔުންތެރިކަމުގެ ހުރިހާ ބާވަތެއްގެ ފެށުމާއި މައިގަނޑާއި ނިންމުން ލިޔުމުގައި ސަމާލުވާންވީ ކަންތައްތައް އިތުރަށް ކުދިންގެ ސިކުނޑީގައި ހަރުލެއްވުމަށް މިސާލުތަކާއެކު އެބައިތައް އަލުން ކިޔައިދެވުމުން ދަރިވަރުންގެ ވިސްނުން އިތުރަށް ތަރައްގީވެ މަޢުލޫމާތު މުއްސަނދިވި ކޭންޕަކަށް، މި ކޭންޕު ވެގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކަށް ވުރެ ވެސް މާ ބޮޑު ތަރުޙީބެއް މި ކޭންޕަށް ލިބިގެންދިޔަ ކަން ފާހަގަކުރައްވައި، މި ކޭންޕްގެ ހަވީރުގެ ބިލެތްމީރުކޮށްލުން ހިލޭ ފޯރުކޮށްދެއްވި ކަމަށްޓަކައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢާއިޝަތު ޝީތާއަށް އެޗްއޯޑީ ޝުކުރު އަދާކުރެއްވިއެވެ.

މިއަދު އޮތީ އެޗްއެސްސީއަށް އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި ބޭއްވި އިސްލާމް ކޭންޕެވެ. މިކޭންޕް މިއަދު ހެނދުނު 7:45 ން ފެށިގެން ހަވީރު 5:30 އަށް ކުރިއަށް ގެންދިޔައެވެ. އިސްލާމް ކޭންޕުގައިވެސް އިމްތިހާން ކުރެވޭ ހުރިހާ ބައިތަކަށް އަލި އަޅުވާލިއެވެ. އެޗްއެސްސީ އިމްތިހާނަށް ތައްޔާރުވުމާއި އިމްތިހާންގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވަރަށް ތަފްސީލްކޮށް ކިޔައިދެވުނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *