އެޗްއެސްސީ އިމްތިޙާން ފެށިއްޖެ

ގްރޭޑް 12ގެ ދަރިވަރުންގެ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން މިއަދު ފެށިއްޖެއެވެ. މިއަދު 9:00 އިން 10:30 އަށް އޮތީ އިސްލާމް ކަރުދާސް 1 އެވެ. އިސްލާމް ޓެސްޓަށް ދަރިވަރުން ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލް އިސްލާމް ޑިޕާޓްމެންޓުން މި ނޫހަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ދަރިވަރުންނަށް ގިނަ ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން ފެށިގެން ހަވީރު 5.45 އަށް ވަނީ އިސްލާމް ވޯކްޝޮޕެއްވެސް ބާއްވާފައެވެ. މިއަހަރު އެޗްއެސްސީ އިމްތިޙާން އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން 206 ދަރިވަރުން ހަދާނެއެވެ.

އެޗްއެސްސީ އިމްތިހާން ގެ އިސްލާމް ކަރުދާސް 1 އޮންނާނީ އޮކްޓޯބަރ 4 ވާ ބުދަ ދުވަހުއެވެ. އެޗްއެސްސީ އިމްތިހާންގެ ދިވެހިބަހުގެ ކަރުދާސް ތާވަލް ކޮށްފައި އޮތީ އޮކްޓޯބަރ 7 ވާ ހޮނިހިރު ދުވަހަށެވެ. ދިވެހިބަހުގެ ކަރުދާސް 2 އޮންނާނީ އޮކްޓޯބަރ 8 ވާ އާދީއްތަ ދުވަހުއެވެ. ދިވެހިބަހުގެ ކަރުދާހަށްވެސް އަޙްމަދިއްޔާގެ ދަރިވަރުންވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.  އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 7:45 ން ފެށިގެން ހަވީރު 5.45 އަށް ވަނީ ދިވެހި ވޯކްޝޮޕެއްވެސް ބާއްވާފައެވެ.

މިއަހަރުގެ އެޗްއެސްސީ އިމްތިހާނުގައި ރާއްޖޭގެ 45 ސެންޓަރަކުން 1363 ދަރިވަރުން ބައިވެރިވިއެވެ.

މިއަހަރުގެ އެޑެކްސެލް އިމްތިހާން ފެށޭނީ މިމަހުގެ 9 ވާ ހޯމަ ދުވަހުއެވެ. މި އިމްތިޙާން މިމަހުގެ 27ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ އެޑެކްސެލް އިމްތިހާން 3268 ދަރިވަރުން ހަދާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *