ބުރާސްފަތި, 24 އޭޕްރިލް 2025

ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ 8ޑީ އަދި 10އެފް

އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލްގެ ދަށުސާނަވީ އާއި ސާނަވީ ކުލާސްތަކުގެ މެދުގައި މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ހެންވޭރު ދަނޑުގައި ބޭއްވި ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ގްރޭޑް 8ޑީ އާއި 10 އެފް ހޯދައިފިއެވެ.

ދަށުސާނަވީ ކުލާސްތަކުން ފުޓްސަލްގެ ފައިނަލްގައި ބައްދަލުކުރީ ގްރޭޑް 7ޑީ އާއި ގްރޭޑް 8ޑީ އެވެ. 8ލަނޑު 0 ލަނޑުން ދަށުސާނަވީގެ ޗެމްޕިއަންކަން ހޯދީ 8ޑީ އެވެ. މި އުމުރުފުރައިގައި 7 އަދި 8 ގެ 5 ކުލާސް ބައިވެރިވިއެވެ.

ސާނަވީ ކުލާސްތަކުގެމެދުގައި ބޭއްވި ފުޓްސެލް މުބާރާތުގައި 7 ޓީމް ބައިވެރިވިއެވެ. މުބާރާތުގެ ފައިނަލަށް ހޮވުނީ 9ޑީ އާއި 10އެފް އެވެ. 1:0 ން މޮޅުވެ ޗެމްޕިއަންކަން ހޯދީ 10 އެފް އެވެ. މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމް ތަކަށް ތަށި ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *